މާލޭގައި 24 ގަޑިއިރު ވިޔަފާރި ހިންގުމުގެ ހުއްދަ ކެފޭއަކަށާއި ފިހާރަ އަކަށް ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނީ 24 ގަޑިއިރު ހިދުމަތް ދިނުމަށް ހުއްދަ ދިނީ އެކްސްޕްރެސް މާޓް ފިހާރަ ( ވިލިމާލެ ފެރީ ޓާރމިނަލް ޝޮޕް) އަށާއި ވީއެވަރ ކެފޭ ( އަމީނި މަގުގައިހުންނަ ފޫޑް ކޯޓް ބްލޮކް ނަމްބަރ 1234) އަށެވެ.
24hr Permit issued to 2 parties today
— Economy & Trade (@EconDevMv) March 7, 2019
1- Express Mart, Villimale' Ferry Terminal (shop)
2- Weaver Cafe'
West Harbor food court, block 1,2,3,4
Ameenee Magu.
މިހާތަނަށް ހަ ފަރާތަކުން މި ޚިދުމަތުގެ ހުއްދަ އަށް އެދިފައިވާއިރު ފިހާރައަކަށް މި ހުއްދަ ދިން މީ ފުރަތަމަ ފަހަރެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ، ހޮޓާތަކާއި، ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ގޮތަށް ހުއްދަ ދެވޭ ސަރަހައްދުތައް ކަނޑަ އަޅާފައެވެ. އެ ސަރަހައްދު ތަކަކީ މާލޭގެ ބޮޑެތި މަގުތަކުގައި ހުންނަ ތަންތަނެވެ.
މިނިސްޓްރީން ބުނީ، އެ ހުއްދަ ދޭ އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމަށެވެ.
24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެއެވެ.