ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުވުމަށް ރޯޔަލް އައިލެންޑާއި ވިލާ ކޮލެޖު ގުޅިގެން ''ރޯޔަލް އެޕްރެންޓިސްޝިޕް'' ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ރޯޔަލް އައިލެންޑް ރިސޯޓުން ބުނީ ފާއިތުވި ދެއަހަރު ދުވަހު މިޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއެކު ހިންގުނު ކަމަށާއި، އޭޕްރީލްމަހު ބާއްވާ ތިންވަނަ ބެޗަށް ބެސް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މުޅިން ހިލޭ ހިންގާ މިޕްރޮގްރާމެއްކަން ފާހަގަކޮށް އެރިސޯޓުން ބުނީ ކޮންމެ ކުއްޖަކަށް ވެސް 2،500 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށްދާ ދުވަސްތަކުގެ ތެރޭގައި ކެއުމާއި ހުރުން އަދި އިންޓަނެޓްގެ ހިދުމަތްވެސް ރޯޔަލް އައިލެންޑުން ހިލޭ ހަމަޖެއްސައިދެވޭނެ ކަމަށް އެ ރިސޯޓުން މައުލޫމާތު ދެއެވެ.
ރޯޔަލް އައިލެންޑް ރިސޯޓުން ބުނީ މިޕްރޮގްރާމްގެ މަގުސަދަކީ ޒުވާން ހުނަރުވެރި ކުދިން ހޮސްޕިޓަލިޓީ ދާއިރާއަށްއަށް ނެރުން ކަމަށެވެ. އަދި މިޕްރޮގްރާމް ކުރިއަށް ގެންދާނީ ވަޒީފާގެ މާހައުލުގައި ކަމަށާއި، ޕްރޮގްރާމް ނިމޭއިރު މަސައްތުގެ ތަޖުރިބާ ވެސް ލިބޭނެ ކަމަށެވެ.
މިޕްރޮގްރާމްގެ ދަށުން ފްރޮންޓް އޮފީސް އަދި އެފްއެންބީގެ އިތުރަށް ހައުސްކީޕިން ވެސް ކިޔަވައިދިނުމަށް ހަމަޖެހިފަވާ ކަމަށް އެރިސޯޓުން މައުލޫމާތު ދެއެވެ.
މިޕްރޮގްރާމްގެ އެއްއަހަރު ނިންމާ ކުދިންނަށް އެމްކިއުއޭ އެޕްރޫވް ސެޓްފިކެޓެއް ވިލާކޮލެޖް އިންދޭނެއެވެ. އަދި ރިސޯޓު އިން އެއްއަހަރު ތަޖުރިބާ ހުރި ކަމުގައި ސެޓްފިކެޓް އެއްދޭނެއެވެ. އަދި ކޮންމެ ދެ މަހަކުން އެއްފަހަރު އޮފް ދުވަހުގެ ގޮތުގައި 8 ދުވަސް ލިބޭނެއެވެ.
މީގެ އިތުރުން އެރިސޯޓުން ބުނީ މިޕްރޮގްރާމަށް ޚާއްސަކޮށް މިމަހުގެ ނުވަ ވަނަ ދުވަހު ނ.ހޮޅުދޫ، މަނަދޫގައި އޯޕަންޑޭއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، މިއޯޕަންޑޭގައި ދަރިވަރުންނާ އިންޓަވިއުކޮށް ކުދިން ޕްރޮގްރާމްއަށް ނެގުމުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.
މިޕްރޮގްރާމްގައި ބައިވެރިވުމަށް އެރިސޯޓުގެ އީމެއިލްއަށް ސީވީ، އައިޑީކާޑު ކޮޕީ ފޮނުވުމަށް އެދޭ ކަމަށް އެރިސޯޓުން މައުލޫމާތުދެއެވެ.