Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 09:05
ކެނދިކުޅަދޫ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އީސަ
ކެނދިކުޅަދޫ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އީސަ
ރާއްޖެއެމްވީ
ހަރުގެ ޖަލްސާ
ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
ދީނީ އިލްމުވެރިންގެ ދެންވެސް މިނިވަންކަން ހޯދައިދޭނީ އެމްޑީޕީން

ދީނީ ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާ އަށް ކަމަށް ކެނދިކުޅަދޫ ދާއިރާގެ ކުރީގެ  މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް ބޭނުންވާ މެސެޖެއް ދިނުމަށް ބައެއް އިލްމުވެރިން ފަތުވާދެއްވަމުން އަންނަނީ ފައިސާ އަށް ކަމަށެވެ. ދީނާއި ގައުމަށްޓަކައި އެފަދަ އިލްމުވެރިން މަސައްކަތް ކުރައްވާނަމަ ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާ ކޮރަޕްޝަނާއި އިސްލާމްދީނުގެ އަސާސުތަކާއި ހިލާފަށް ކުރައްވާ ކަންކަމުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް އީސަ ވިދާޅުވިއެވެ.

މޫނު ބުރާ އަޅާއިގެން ވަޒީފާއަށް އަދާކުރުމަކީ ސިވިލްސާވިސްގެ ގަވައިދާ ޙިލާފް ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ނިންމުމަށްފަހު ބައެއް ސުކޫލްތަކުގައި މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރަމުން ދިޔަ ޓީޗަރުން ސަރުކާރުން ވަޒީފާއިން ވަކިކުރުމުން އެމްޑީޕީން އެކަމާއި އިޙްތިޖާޖު ކޮށްދިނުމަށް ސަލަފް ޖަމްއިންޔާއިން އެދުމުން ހިތާމަ ކުރައްވާ ކަމަށާއި އެ މައްސަލައިގެ ވާހަކަ އެޖަމްއިންޔާއިން ނުދައްކާތީ ސުވާލު އުފެދޭ ކަމަށް ވެސް އީސަ ވިދާޅުވި އެވެ. 

މިހާލަތުގައި ބައެއް ދީނީ އިލްމުވެރިންގެ ކަންކަން ހުރި އިރު ، މިއަދު ދީން ހިމާޔަތް ކުރަން ވެސް އަދި މި އަނިޔާވެރިކަން ނިމުކަމަށް ގެނެއުމަށް ވެސް ރައްޔިތުންގެ ހަމަ އެކަނި އުންމީދަނީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ޚުދުމުހުތާރު ވެރިން އުފައްދަނީ ރައްޔިތުން ކަމަށާއި މިއަދު ޚުދުމުހުތާރު ވެރިކަންމެއް ރައީސް ޔާމީން އެ ކުރައްވަނީ ރައްޔިތުން އެމަނިކުފާނަން އުފުރުސަތު ދިނުމުން ކަމަށެވެ. އެހެންކަމުން މި އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަ ކޮށްދިނުމުގެ ގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި ރައިސް ޔާމީންގެ ވެރިކަމަށް ނޫނަކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކައުންސިލް އިންތިހާބުގައި ވޯޓް ދޭއިރު ގާތް ރަޙްމެތްތެރިންނަން ނުބަލައި ގައުމުގެ ހާލަތާއި މެދު ވިސްނާލުމަށް ފަހު ވޯޓް ދިނުމަށް އީސަ ގޮވާލެއްވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް