ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ބާރު ކައުންސިލްތަކަށް ނުދިނުމަކީ މިހާރު ދިމާވާ އެންމެ ބޮޑު އެއްގޮންޖެހުން ކަމަށް ކ.ގުރާދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.
އާދިލް ވިދާޅުވީ ރައްޔިތުން އެދޭ ބޯހިޔާވަހިކަމާއި، ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތްތަކާއި، ރައްޔިތުންގެ ކުރިއެރުމާއި ލާބަޔާ މަންފާއަށް ކުރާ އެންމެހައި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހޭނީ އެޖެންޑާ 19 ތަންފީޒު ކުރެވިގެން ކަމަށެވެ.
މާފުއްޓަށް ބިއްލޫރި ފުޅި ތައާރަފްކުރަން ހޭންޑީ ވޯޓަރގެ ފަރާތުން މާފުށީގައި ބޭއްވި ހަފުލާއެއްގައި ވާކަކަފުޅުދައްކަވަމުން ސަލީމް ވިދާޅުވީ އެޖެންޑާ 19 ތަންފީޒު ކުރުމަށް ކުރިއަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭ ކަމަށާއި، އެޖެންޑާ 19 އަށް ބެލުމަށްފަހު އެމްޑީޕީއަށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ. އެންމެހައި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުގައި ރަށްތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ރަށްތައް ތަރައްގީ ކުރުމަށް ކައުންސިލްތަކަށް ދިނުމުން އެރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ކަމަށެވެ.
"ގެސްޓްހައުސް ވިޔަފާރިއަކީ އެމްޑީޕީގެ ވައުދެއް. މިއަދު ރަށްރަށުން ފެންނަމުންދާ ތަރައްގީއާ ޖީބަށް ވަންނަމުންދާ ޑޮލަރު ވަންނަމުން ދަނީ އެމްޑީޕީން މިވިޔަފާރި ތައާރަފްކޮށްދިނީމަ"
ސަލީމް ވިދާޅުވީ އެމްޑީޕީއަކީ ވައުދުވާ ޕާޓީއެއް ކަމަށާއި، ވައުދު ފުއްދާ ޕާޓީއެއް ކަމަށެވެ.