ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 21:58
ގެލެކްސީ އެސް 10
ގެލެކްސީ އެސް 10
މުހައްމަދު ޝަރުހާން
ދިރާގު ހިދުމަތްތައް
ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ އެސް 10 ރާއްޖެއަށް ތަޢާރަފްކޮށްފި
ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގ 10އެއް ހަދިޔާކޮށްފައިވޭ

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު، ގެލެކްސީ އެސް 10 ރާއްޖޭގައި ރަސްމީކޮށް ތައާރަފު ކޮށްފިއެވެ. 

އާއްމުކޮށް ހުރިހާ ބޭފުޅުންނަށް ހުޅުވާލައިގެން، ދިރާގު ހެޑް އޮފީހުގައި ކުރިއަށް ގެންދިޔަ މި ހަފްލާގައި ސެމްސަންގ އިލެކްޓްރޯނިކްސްގެ ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވެފައިވެއެވެ. 

އަދި ޕްރޯ އޯޑަރއަށް ހުޅުވާލާނީ މާރޗް މަހުގެ 8 ވަނަ ދުވަހުގައި ކަމަށް ދިރާގުން ބުންޏެވެ. 

މި ހަފުލާއަށް ވަޑައިގެންނެވި ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަށް މީގެ ފޯނެއް ވަނީ ހަދިޔާ ކޮށްފައެވެ. 

ދިރާގުން މަސައްކަތް ކުރަނީ ބާޒާރަށް ނިކުންނަ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނުތައް ދިރާގު ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ލިބޭނެ ގޮތް ހޯދައިދިނުން ކަމަށް އެކުންފުނިން ބުންޏެވެ.

ސެމްސަންގެ ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް އަކީ ސެމްސަންގ ގެލެކްސީ ސީރީޒްގެ 10 ވަނަ އަހަރީ ފޯން ކަމަށްވާއިރު، ސެމްސަންގް އެސް 10 ޕްލަސްގައި ޖުމްލް 5 ކެމެރާ (2 ފްރަންޓް ކެމެރާ، 3 ބެކް ކެމެރާ)، އޮން ސްކްރީން ފިންގަރ ޕްރިންޓް އަދި ވަޔަރލެސް ޕަވަރ ޝެއަރިން، އަދިވެސް އިތުރު އިނޮވޭޓިވް ފީޗަރސްތައް ހިމެނެއެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާ އެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީކޮށް ތައާރަފު ކުރަމުންނެވެ.

- ކޮމެންޓް