ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 14:46
ޑޭވިޑް ބެކަމްގެ ސްކަލްޕްޗާއާ އެއްކޮށް ބެކަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ
ޑޭވިޑް ބެކަމްގެ ސްކަލްޕްޗާއާ އެއްކޮށް ބެކަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ
ގޫގުލް
ޑޭވިޑް ބެކަމް
ޑޭވިޑް ބެކަމްގެ ސިފައަށް ހަދާފައިވާ ސްކްލްޕްޗާއެއް ލޮސް އެންޖަލިސްގައި ބަހައްޓައިފި
ސްކަލްޕްޗާ ބެހެއްޓީ އެލްއޭ ގެލެކްސީގެ ސްޓޭޑިއަމްގެ ކުރިމަތީގައި

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ ސިފަޔަށް ހަދާފައިވާ ސްކަލްޕްޗާއެއް ލޮސްއެންޖަލިސްގައި ބަހައްޓައިފިއެވެ.

ބެކަމް ކުޅުނު ކްލަބެއް ކަމަށްވާ އެލްއޭ ގެލެކްސީގެ ސްޓޭޑިއަމްގެ ކުރިމަތީގައި ބެހެއްޓި މި ސްކަލްޕްޗާ ރަސްމީކޮށް އާންމުނަށް ފެންނާނެހެން ހުޅުވާލާފައި ވަނީ ހޮނިހިރު ދުވަހު ފެށުނު އެ ކްލަބުގެ އާސީޒަނާ ދިމާކޮށެވެ.

ބެކަމްވަނީ 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ހަމައަށް އެލްއޭ ގެލެކްސީއަށް ކުޅެފައެވެ.

ބެކަމްއަކީ މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު މޭޖަރ ލީގު ސޮކާއަށް ބަދަލުވި ޔޫރަޕްގެ ފުރަތަމަ ތަރިއެވެ. އެމެރިކާއަށް ބަދަލުވުމުގެ ސަބަބުން އޭނާގެ މަޝްހޫރުކަން އިތުރުވެ އޭނާގެ އަގު ވަނީ އެތައް ގުނައެއް ބޮޑު ވެފައެވެ. ބެކަމްއަކީ ފެޝަންގެ ދުނިޔޭގައި ފާހަގަ ކޮށްލެވޭ މަޝްހޫރު ފަންނާނެކެވެ.

ބެކަމްގެ އިތުރުން ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޒްލާޓަން، އިބްރަހިމޮވިޗް، ރައުލް، ތިއަރީ އޮންރީ އަދި ވޭން ރޫނީ ފަދަ ކުޅުންތެރިން ވަނީ އެ މީހުންގެ ކެރިއަރގެ ފަހުކޮޅު އެމެރިކާއަށް ބަދަލުވެފައެވެ.

އުމުރުން 43 އަހަރުގެ ބެކަމް ވަނީ ޖެހިޖެހިގެން ދެ ފަހަރު އެލްއެސްއެލްގެ ޗެމްޕިއަންކަން ހޯދާފައެވެ. މޭޖަރ ލީގު ސޮކާއިން ބެކަމްއަށް އެތައް ފައިދާތަކެއް ލިބެމުންދާއިރު، ބެކަމްގެ އަމިއްލަ ކުލަބެއް އުފައްދައި މި އަހަރު އެ ކުލަބު ލީގުގައި ކުޅޭނެއެވެ.

ބެކަމްއަކީ ހަތަރު ގައުމެއްގައި ކުޅެ ލީގު ޗެމްޕިއަންކަން ހޯދީ ހަމައެކަނި އިނގިރޭސި ކުޅުންތެރިޔާއެވެ.

 

- ކޮމެންޓް