ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 14:27
ޝަންޑޮންގް ލޫނެންގް އަށް ކުޅެމުން އަންނަ ފެލައިނީ
ޝަންޑޮންގް ލޫނެންގް އަށް ކުޅެމުން އަންނަ ފެލައިނީ
ގެޓީ އިމޭޖަސް
ފެލައިނީ
ޗައިނާ ލީގުގައި ފެލައިނީ ކުޅުނު ފުރަތަ މެޗުން ވެސް ކްލަބް މޮޅުކޮށްދީފި
ލޫނެންގްއަށް ފެލައިނީ ބަދަލުވީ 10.5 މިލިއަން ޕައުންޑުގެ އަގަކަށް

ޗައިނާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވެސް މައުރެން ފެލައިނީ އޭނާގެ ކްލަބް ޝަންޑޮންގް ލޫނެންގް މޮޅުކޮށްދީފިއެވެ.

ހުކުރު ދުވަހު ކުޅުނު މެޗު ބެއިޖިންގ ރެންހޭ އެފްސީއާ ވާދަކޮށް ލޫނެންގްއިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ލޫނެންގް ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލޫނެންގްއަށް ކާމިޔާބުކޮށްދިނީ ފެލައިނީއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން އެއް ފަހަރުންނެވެ.

އުމުރުން 31 އަހަރުގެ ފެލައިނީ މެންޗެސްޓާ ޔުނައިޓެޑު ދޫކޮށްލުމަށްފަހު، ޗައިނާގެ ލޫނެންގްއަށް ބަދަލުވީ 10.5 މިލިއަން ޕައުންޑުގެ އަގަކަށެވެ.

އެވަޓަން ދޫކޮށްލުމަށް ފަހު ފެލައިނީ ޔުނައިޓެޑަށް ބަދަލުވެފައި ވަނީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 177 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕާއި، ލީގް ކަޕާއި،ޔޫރޮޕާ ލީގުގެ އިތުރުން އެފްއޭ ކޮމިއުނިޓީ ޝިލްޑް ވެސް ކާމިޔާބުކޮށްފައެވެ.

ބެލްޖިއަމް ގައުމީ ޓީމުން ވެސް ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ފެލައިނީ ވަނީ އެޓީމަށް ކުޅުނު 87 މެޗުގައި 18 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމްގެ "އެބޮނީ ޝޫ" 2008 ވަނަ އަހަރު ހާސިލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް