ކ. މާލެ
|
1 މާރޗް 2019 | ހުކުރު 19:17
ވިރާޓް ކޮލީއާއި ތަމަންނާ ބާޓިއާ
ވިރާޓް ކޮލީއާއި ތަމަންނާ ބާޓިއާ
ގޫގުލް
ވިރާޓް ކޮލީ
ވިރާޓް ކޮލީއާ އޮތް ގުޅުމާއި ބެހޭ ގޮތުން ތަމަންނާ ފުރަތަމަ ފަހަރަށް ވާހަކަދައްކައިފި
މި ދެތަރިން އެކުގައި ވަނީ އިޝްތިހާރެއް ކުޅެފައި

ދެހާސް ބާރަ ވަނަ އަހަރު ބާހުބަލީއިން މަޝްހޫރުވި ބަތަލާ ތަމަންނާ ބާޓިއާއި އިންޑިޔާގެ ކްރިކެޓް ޓީމްގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ވިރާޓް ކޮލީއާ ދެމެދު ހާއްސަ އެކުވެރިކަމެއް އުފެދިފައިވާ ކަމަށް މީޑިޔާތަކުގައި ހަބަރު ފެތުރުނެވެ.

މި ދެ ތަރިން ޑޭޓްކުރާ ކަމަށް ބުނެ ފޮޓޯތަކެއްވެސް ސޯޝަލް މީޑިޔާގައި ދައުރުވެގެންދިޔައެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭ ގޮތުން މި ދެ ތަރިން އެއްވެސް ވަރަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ.

މިގޮތަށް ހަބަރުތައް ފެތުރިގެން  ދިޔައީ ވިރާޓްގެ ގާތް ރައްޓެއްސެއްގެ ފަރާތުންނެވެ.

އެހެން ނަމަވެސް މިކަމާއި ގުޅޭ ގޮތުން މިހާ ދުވަސްވަންދެން އެއްވެސް ވާހަކައެއް މިދެތަރިން ދައްކާފައި ނުވާއިރު ދާދި ފަހުން ފިލްމު ފެއަރގެ ތެރެއިން ނޫސްވެރިންނާއި ވާހަކަދައްކަމުން ތަމަންނާ ބުނެފައިވަނީ އެދެމީހުން އެކުގައި ކުޅުނު އިޝްތިހާރެއްގެ ފަހުން، އެދެމީހުންގެ ދެމެދުގައި ގުޅުމެއް އޮތް ކަމަށް ބުނެ ޙަބަރުތައް ފެތުރިގެން ދިޔަ ކަމަށެވެ.

ތަމަންނާ ބުނީ މި އިޝްތިހާރު ކުޅުމުގެ ތެރެއިންވެސް އެ ދެ މީހުންނަށް އެކަކު އަނެކަކަށް ބުނެފައިވަނީ ހަތަރު ވަރަކަށް ބަސް ކަމަށާއި އެއަށްފަހު އެއްވެސް ވަރަކަށް ވާހަކަވެސް ނުދައްކާ ކަމަށެވެ. އަދި އެއަށްފަހު ދުވަހަކުވެސް ވިރާޓްއާއި ބައްދަލުވެސް ނުވާ ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ވިރާޓްއަކީ އެކުގައި މަސައްކަތްކޮށްލަން ވަރަށްވެސް ފަސޭހަ މޮޅު އެކްޓަރެއް ކަމަށްވެސް ތަމަންނާ ބުންޏެވެ.

ވިރާޓްވަނީ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާއާއި 2017 ވަނަ އަހަރު ކައިވެނިކޮށްފައެވެ. ވިރާޓްއާއި އަނުޝްކާގެ ފޮޓޯ ތަކަކީ ސޯޝަލް މީޑިޔާގައި އެންމެ ބާރަށް ދައުރުވާ ފޮޓޯތަކެއްވެސްމެއެވެ. މިދެތަރިން މަޝްހޫރުވެސް ވެފައި ވަނީ ވަރަށް ލޯބިން އުޅޭ ކަޕްލްއެއް ގޮތަށެވެ.

މީގެ އިތުރުން ތަމަންނާ މިހާރު ޑޭޓް ކުރަމުންދަނީ ޔޫއެސްއޭގައި މަސައްކަތްކުރަމުންދާ ފިޒީޝިއަންއަކާއި އެކު ކަމަށާއި އެހެންނަމަވެސް އޭނާ މިކަންވެސް ދޮގު ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް