ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 15:22
ޖޭމްސް ޑެގާލޭ
ޖޭމްސް ޑެގާލޭ
ގޫގުލް
ބޮކްސިން
ޖޭމްސް ޑެގާލޭ ބޮކްސުންތެޅުން ހުއްޓާލައިފި
ހުއްޓާލިކަން އިއުލާންކޮށްފައި ވަނީ ހޮނިހިރު ދުވަހު

ބޮކްސުންތެރިޔާ ޖޭމްސް ޑެގާލޭ ބޮކްސުންތެޅުން ހުއްޓާލައިފިއެވެ.

އިނގިރޭސިވިލާތައް އުފަން ޑެގާލޭ ބޮކްސުންތެޅުން ހުއްޓާލިކަން އިއުލާން ކޮށްފައި މިވަނީ ހޮނިހިރު ދުވަހު ކްރިސް އިއުބަންކް އަތުން ބަލިވެފައި ވަނިކޮށެވެ.

އޮލިމްޕިކްސްގައި ރަން މެޑަލް ހޯދި ފުރަތަމަ ބޮކްސުންތެރިޔާ ޑެގާލެއަކީ ދުނިޔޭގެ އެއްވަނައިގެ ތެރޭގައި ހިމެނޭ ބޮކްސުންތެރިޔެކެވެ.

ޑެގާލޭ ބޮކްސުންތެޅުން ހުއްޓާލިކަން އިއުލާން ކުރަމުން ބުނެފައި ވަނީ، ކުރިއެކޭ އެއްފެންވަރެއްގައި މިހާރު އޭނާއަށް ބޮކްސުން ނުތެޅޭނެ ކަމަށެވެ. އަނިޔާތައް އިތުރުވެ، އިތުރަށް އެ ކެރިއާއިން ކުރިއަށް ދެވެން ނެއްކަމަށް ވެސް އޭނާ ބުންޏެވެ.

ބޮކްސުންތެޅުމުގައި ގަބޫލް ކުރަންދަތި ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޖޭމްސް ޑެގާލޭ ބޮކްސުންތެޅުން ހުއްޓާލާފައި މިވަނީ އުމުރުން 33 އަހަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް