ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 19:25
ސްވިމިން ސްކޮޑު ނެގުމަށް އައްޑޫގައި ބޭއްވި ޓްރަޔަލްގެ ތެރެއިން
ސްވިމިން ސްކޮޑު ނެގުމަށް އައްޑޫގައި ބޭއްވި ޓްރަޔަލްގެ ތެރެއިން
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިންގ އެސޯސިއޭޝަން
ސްވިމިންގ އެސޯސިއޭޝަނުން އައްޑޫގައި ގާއިމްކުރާ ސްވިމިންގ ސްކޮޑް އިއުލާންކޮށްފި
ސްވިމިން ސްކޮޑު ނަގާފައިވަނީ އައްޑޫގައި ބޭއްވި ޓްރަޔަލްއަކަށް ފަހު

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އައްޑޫ ސިޓީގައި ގާއިމްކުރާ ސްކޮޑު އިއުލާންކޮށްފިއެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނީ، އައްޑޫ ސިޓީގައި ގާއިމްކުރާ ސްކޮޑު ހޮވާފައިވަނީ ފެބްރުއަރީ ނުވަ ވަނަ ދުވަހު އައްޑޫގައި ބޭއްވި ޓްރަޔަލް އަށް ފަހު ކަމަށެވެ.

އައްޑޫގައި ކުރިޔަށްގެންދިޔަ ޓްރަޔަލްގެ ތެރެއިން އައްޑޫގައި ގާއިމްކުރާ ސްކޮޑަށް ނަގާފައިވަނީ އަށް އަންހެން އެތުލީޓުންނާއި، ހަ ފިރިހެން އެތުލީޓުންނެވެ.

ސްކޮޑަށް ނެގި އަންހެން އެތުލީޓުންނަކީ ފާތިމަތު ތާއީ ތޮއްލަމް އާއި މަރިޔަމް ޔަޒްކާ ތަލްހަތު އާއި އައިޝަތު އަލްޔާ އަލީ ރަޝީދު އާއި އައިޝަތު ލާނާ ތައްޔިބް އާއި އައިޝަތު ނަފްހާ ނަޝީދު އާއި މަރިޔަމް ޝާރާ ޝަރީފް އާއި ނަފްހާ އަބްދުﷲ އަދި އާމިނަތު ރަމްސާ ރަޝީދުއެވެ.

ފިރިހެން އެތުލީޓުންނަކީ މުހައްމަދު ޔާމީން މައުމޫން އާއި އަލީ ޖަވީޝް ފަޔާޒް އާއި ޔައީޝް އަންވަރ އާއި މުހައްމަދު މިންހާލް ސޯބިރ އާއި އަހުމަދު ޒައުލް އަބްދުﷲ ސޯދިގް އަދި އަހުމަދު އަނޫފް އަމްޖަދުއެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ، ހޮވުނު ފެތުންތެރިންގެ ފަރިތަކުރުންތަށް ފަށާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް