ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 17:28
ބާލިން ފެއަރގެ ތެރެއިން
ބާލިން ފެއަރގެ ތެރެއިން
ގޫގުލް
މަޓާޓޯ
އޭޝިޔާގައި ބާއްވާ ބޮޑު ދެ ޓްރެވެލް ޓްރޭޑް ފެއަރގައި މަޓާޓޯއިން ބައިވެރިވަނީ
މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒްއިން އޭޝިޔާ ސަރަހައްދުގައި ބާއްވާ ބޮޑު ދެ ޓްރެވެލް ޓްރޭޑް ފެއަރއެއްގައި ބައިވެރިވާން ނިންމައިފިއެވެ.

މަޓާޓޯއިން ބުނީ ވިއެޓްނާމާއި ފިލިޕީންސްގައި ފެއަރތައް ބާއްވަން ހަމަޖެހިފައި ވަނީ މާރޗް އަދި އޭޕްރިލް މަހުގައި ކަމަށެވެ.

އެގޮތުން ހަތަރު ވަނަ ވިއެޓްނާމް އިންޓަރނޭޝަނަލް ޓްރެވެލް މާރޓަކީ އެ ޤައުމުގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް އެންޑް ޓްރޭޑް އިވެންޓެވެ. މިފެއަރ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވިއެޓްނާމްގެ ވެރިރަށް ހަނޮއިގައި މާރޗް މަހުގެ 27 އިން 30ގެ ނިޔަލަށެވެ.

ވިއެޓްނާމް ސޮސައިޓީ ޓްރެވެލް އެޖެންޓުން އިންތިޒާމު ކުރާ އެ ފެއާގައި 500 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި އެކު ދުނިޔޭގެ 25 ގައުމަކުން ބައިވެރިވާނެއެވެ.

މިއީ މިފެއަރގައި ރާއްޖެއިން ބައިވެރިވާ ދެ ވަނަ އަހަރު ކަމަށާއި އެގޮތުން 2017ގައި ރާއްޖޭގެ 6 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ފިލިޕީންސްގައި ބާއްވާ 7 ވަނަ ވޯލްޑް މާސްޓަރ އިންޓަރނޭޝަނަލް ޓްރެވެލް މާޓް އޮންނާނީ އޭޕްރިލް 1 އިން ފެށިގެން 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ހޮޓެލީއާސް، ޓުއަރ އޮޕަރޭޓާސް އަދި ޓްރެވެލް އެޖެންޓުންނަށް ހާއްސަކޮށްގެން ބާއްވާ ފެއަރއެކެވެ.

ފިލިޕީންސްގެ މެނީލާ އައި ޗެބޫގައި ބާއްވާ މިފެއަރއަކީ އެސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފެއަރވެސްމެއެވެ.

400އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާނެ ކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.

ރިޔާދް ޓްރެވެލް ފެއަރ 2019 ގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް އިން ބައިވެރިވާނެއެވެ.  

މިފެއަރ ކުރިއަށްދާނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދްގެ ފައިސަލިއަޙް ޓަވަރ ހޮޓެލްގައި 28 މާރޗް އިން 30 މާރޗްއަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މި ފެއަރ ގައި ބައިވެރިވުމުގެ ފުރުސަތު މަޓާޓޯ އިން ވަނީ ހުޅުވާލާފައެވެ.

- ކޮމެންޓް