ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 19:26
ފިރިހެން ގައިމީ ބާސްކެޓްބޯލް ޓީމް
ފިރިހެން ގައިމީ ބާސްކެޓްބޯލް ޓީމް
މޯލްޑިވްސް ބާސްކެޓް
ބާސްކެޓް ބޯޅަ
ފިރިހެން ބާސްކެޓްބޯލް ޓީމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ފުރުސަތު ހުޅުވާލާފައިވަނީ ސްކޮޑް ޓްރައި އައުޓް ސެޝަންގައި ބައިވެރިވުމަށް

ސީނިއާ ފިރިހެން ބާސްކެޓް ބޯޅަ ސްކޮޑް ޓްރައި އައުޓް ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ) އިން ވަނީ އަންގާރަ ދުވަހު މިކަން އިއުލާންކޮށް ބަޔާނެއް ނެރެފައެވެ.

އެމްބީއޭގެ އިއުލާނުގައި ވަނީ މާރޗް ހަތަރަކުން ހަތެއްގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސީނިއާ ފިރިހެން ގައުމީ ބާސްކެޓް ބޯޅަ ސްކޮޑް ޓްރައި އައުޓް ސެސަންގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން، މާރޗް 2 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފުރިހަމަ ނަމާއި، އުފަން ތާރީޙް އަދި އައިޑީ ކާރޑް އެނގޭނޭގޮތަށް އެ އެސޯސިއޭޝަނުގެ އީމެއިލްއަށް މެއިލްކުރުމަށެވެ.

މި ސެޝަންތަކުގައި ބައިވެރިވާ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިންނަށް ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ލިބޭނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް