ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރުމުގެ ޖަލްސާގައި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ 11 މެމްބަރަކު ބައިވެރިއެއް ނުވިއެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރުމުގައި ބައިވެރިނުވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވާ 10 މެމްބަރުންނާއި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ އެއް މެމްބަރެކެއެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް އެހުމަށް ހޯމަ އަދި އަންގާރަދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. ނަމަވެސް ބިލް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް ނޭހި ޖަލްސާ ވަނީ ނިންމާލާފައެވެ. ރައްޔިތުން އަމަލުކުރަން ބޭނުންވާ ގާނޫނެއް މަޖިލީހުން ފާސްކުރާ ނަމަ، ވޯޓަށް އަހާ ވަގުތު 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން މަޖިލީހުގައި ހާޒިރުވެ ތިބެންޖެހެއެވެ.
އަންގާރަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެފައިނުވާ ޖޭޕީގެ މެމްބަރުންނަކީ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު، ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިން މަނިކު ދޮން މަނިކު، ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު، ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ، ކަނޑިތީމު ދާއިރާ މުހައްމަދު ހުސެއިން، މަނަދޫ ދާއިރާ އުމަރު ހުސެއިން، މާވަށު ދާއިރާ އަހްމަދު އަޒްހާން ފަހުމީ އެވެ. އޭގެ އިތުރުން އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲއެވެ.
Miadhu commission thakuge bill ge vote nunegunee thireegai mivaa membarun haaziru nuvumun. Raiy kulain mark kurevifai evanee haaziru vee membarun.
— ?? ??????? ???? (@Roxeyna) February 26, 2019
Coalition in haaziru nuvanee MDP in Muhamma adhi JP ge 10 membarun. pic.twitter.com/drad68rcRa
މި ބިލް ފާސްކުރުމަށް ހޯމަ ދުވަހު ވެސް އެޖެންޑާ ކުރިއެވެ. ނަމަވެސް ވޯޓަށް ނާހައި ޖަލްސާ ނިންމާލަންޖެހުނީ މެންބަރުން ހަމަނުވެގެންނެވެ.
ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ މައްސަލާގައި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އެ ބޭފުޅުން އެ ބިލް ފާސްކުރާ ވޯޓުގައި ބައިވެރިވުމަށް ދެކޮޅު ހައްދަވަނީ ކޮރަޕްޝަނާއި ފަސާދައިގައި ބައެއް މެމްބަރުން ޖެހިވަޑައިގެންފައި ވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހޯމަދުވަހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރުމަށް ތްރީ ލައިން ވިޕެއް ނެރެފައިވާއިރު، ވިޕް ލައިނާއި ޚިލާފްވި ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރިޔާޒް ވަނީ ވިދާޅުވެފައެވެ.