ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް ކައުންސިލްތަކުގެ ރޭންކިން 2017އިގެ ވަނަތައް ހާސިލްކޮށްފައިވާ ކައުންސިލްތައް އިއުލާން ކޮށްފިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ)ގައި ވަނަތައް ހާސިލްކޮށްފައިވާ ކައުންސިލްތައް އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިމްރާން ވިދާޅުވީ އަތޮޅުތެރޭގެ ހިންގުން ހަރުދަނާ ކުރުމަކީ މުޅި ރާއްޖޭގެ ހިންގުން ހަރުދަނާ ކުރުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ.
" ރާއްޖޭގެ ތިންބައިކުޅަ އެއްބަޔަށް ޚިދުމަތްދޭން ތިބީ އަތޮޅުތަކުގެ ކައުންސިލަރުން ކަމަށްވާހިނދު އެކައުންސިލަރުންނަށް އެހީތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމަކީ މި މުއައްސަސާގެ ޒިންމާއެއް." އިމްރާން ވިދާޅުވިއެވެ.
ވަނަތައް ހާސިލްކޮށްފައިވާ ކައުންސިލްތައް:
ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްއިން ވަނަތައް ހާސިލްކޮށްފައިވާ އަތޮޅު ކައުންސިލްތައް:
1. ކޮޅުމަޑުލު އަތޮޅު ކައުންސިލް
2. މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
3. ފާދިއްޕޮޅު އަތޮޅު ކައުންސިލް
ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްިއން ވަނަތައް ހާސިލްކޮށްފައިވާ ރަށު ކައުންސިލްތައް:
1. އަރިއަތޮޅު އުތުރުބުރީ މަތިވެރި ކައުންސިލް
2. މާޅެއަތޮޅު ހުރާ ކައުންސިލް
3. އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލް
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަމަލުކުރާ މިންވަރު ދައްކުވައިދޭ އިންޑެކްސް:
އަތޮޅު ކައުންސިލް: ތިލަދުންމަތީ އަތޮޅު ކައުންސިލް
ރަށު ކައުންސިލް: ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް
އިފެކްޓިވްނަސް އިންޑެކްސް:
އަތޮޅު ކައުންސިލް: ކޮޅުމަޑުލު އަތޮޅު ކައުންސިލް
ރަށު ކައުންސިލް: އަރިއަތޮޅު އުތުރުބުރީ މަތިވެރި ކައުންސިލް
ޕާރޓިސިޕޭޝަން އިންޑެކްސް:
އަތޮޅު ކައުންސިލް: މުލަކުއަތޮޅު އަތޮޅު ކައުންސިލް
ރަށު ކައުންސިލް: އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލް
އެކައުންޓަބިލިޓީ އިންޑެކްސް:
އަތޮޅު ކައުންސިލް: ހައްދުންމަތީ އަތޮޅު ކައުންސިލް
ރަށު ކައުންސިލް: މާލެއަތޮޅު ހުރާ ކައުންސިލް
ސެކިއުރިޓީ އިންޑެކްސް:
އަތޮޅު ކައުންސިލް: މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
ރަށު ކައުންސިލް: އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލް
އެންމެބޮޑު ކުރިއެރުމެއް ހޯދި އަތޮޅު އަދި ރަށު ކައުންސިލް:
އަތޮޅު ކައުންސިލް: ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް
ރަށު ކައުންސިލް: އަރިއަތޮޅު އުތުރުބުރީ މަތިވެރި ކައުންސިލް