ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 08:24
\'ޕީރިއަޑް. އެންޑް އޮފް ސެންޓެންސް\'
'ޕީރިއަޑް. އެންޑް އޮފް ސެންޓެންސް'
ޓްވިޓަރ
އޮސްކާ 2019
އިންޑިއާގެ 'ޕީރިއަޑް. އެންޑް އޮފް ސެންޓެންސް'އިން އޮސްކާ ހާސިލް ކޮށްފި
މިއީ 26 މިނިޓްގެ ކުރު ޑޮކިއުމެންޓްރީއެއް

ފިލްމީ ދާއިރާގައި ދެވޭ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ އޮސްކާގެ އެންމެ މޮޅު ޑޮކިއުމެންޓްރީ ކުރު ފިލްމަކަށް އިންޑިއާގެ 'ޕީރިއަޑް. އެންޑް އޮފް ސެންޓެންސް' ހޯދައިފިއެވެ.

'ޕީރިއަޑް. އެންޑް އޮފް ސެންޓެންސް' އަންހެނުންނަށް މަސްސަރު ކަންތަކުގެ ދުވަސްވަރުގައި ދިމާވާ ކަންކަމާއި ގުޅޭ ގޮތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

91 ވަނަ އެކަޑަމީ އެވޯޑް ހަފްލާގައި އެންމެ މޮޅު ޑޮކިއުމެންޓްރީ ކުރު ފިލްމުގެ އެވޯޑު ހާސިލް ކޮށްފައިވާއިރު މިފިލްމުގައި ދައްކުވައިދެނީ ނޯތް އިންޑިއާގެ ވިލެޖެއްގައި ޕެޑް ހަދާ މެޝިނެއް ބެހެއްޓުމުން އެމީހުންގެ ތަޖްރިބާއެވެ. މިއީ މަޝްހޫރު ހިންދީ ފިލްމު 'ޕެޑްމޭން' އަސްލަކަށް ބަލައިގެން ހަދާފައިވާ ކުރު ޑޮކިއުމެންޓްރީއެކެވެ.

26 މިނިޓްގެ މިޑޮކިއުމެންޓްރީ ޕްރޮޑިއުސް ކޮށްފައިވަނީ ފިލްމު އުފައްދާ ފަރާތެއް ކަމަށްވާ ގުނީތް މޮންގާއެވެ. އަދި މިޑޮކިއުމެންޓްރީ ކޯ-ޕްރޮޑިއުސް ކޮށްފައިވަނީ ސިޚްޔާ އެންޓަރޓެއިންމަންޓުންނެވެ.

މީގެ ކުރިން ގުނީތް މޮންގާ ވަނީ ލަންޗް ބޮކްސް އަދި މަސާން ފަދަ ފިލްމުތައް ޕްރޮޑިއުސް ކޮށްފައެވެ.

މި ޑޮކިއުމެންޓްރީ ޑައިރެކްޓް ކޮށްފައިވަނީ އެތައް އެވޯޑެއް ހާސިލް ކޮށްފައިވާ ފިލްމު މޭކަރ ރޭކާ ޒެހްތަބާޗީއެވެ. މި ޑޮކިއުމެންޓްރީއަށް އޮސްކާ ލިބުމުން އޭނާ ބުނެފައިވަނީ މިއީ ޤަބޫލުކުރަން ވެސް ދަތި ކަމެއް ކަމަށާއި އަންހެނުންނަށް ދިމާވާ މިފަދަ މައްސަލައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމަކަށް އޮސްކާ ލިބިދާނެ ކަމާއި މެދު އުއްމީދެއް ވެސް ނުކުރާ ކަމަށެވެ.

އަދި މިފިލްމުގެ ޕްރޮޑިއުސަރ ގުނީތް އޭނާއާއި މިފިލްމު ޑައިރެކްޓް ކުރަން ހަވާލު ކުރުމަކީ އަންހެނުން ބާރުވެރި ކުރުވުމަށް ގުނީތް ކުރަމުންދާ މަސައްކަތް ފާހަގަކޮށްލެވޭ ފަދަ ކަމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް