ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 10:40
މި މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އެފްއާރުއެސްއަށް ހޯދާފައިވާއިރު ދެވަނަ ޑިވިޝަ ން ޗެމްޕިއަންކަން ހޯދާފައިވަނީ ޑީއައިއެސް/ޑީއެސްސީ/ބީއެމްޑަބްލިއުގެ ކޮމްބައިން ޓީމް
މި މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އެފްއާރުއެސްއަށް ހޯދާފައިވާއިރު ދެވަނަ ޑިވިޝަ ން ޗެމްޕިއަންކަން ހޯދާފައިވަނީ ޑީއައިއެސް/ޑީއެސްސީ/ބީއެމްޑަބްލިއުގެ ކޮމްބައިން ޓީމް
އެމްއެންޑީއެފް
އެމްއެންޑީއެފް އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް
އެމްއެންޑީއެފް އިންޓަރ ޔުނިޓް 16 ވަނަ ފުޓްބޯޅަ މުބާރާތް ނިންމާލައިފި
ދެ ޑިވިޝަނަށް ބަހާލެވިގެން މުބާރާތް ކުރިއަށް ގެންދިޔައީ

ކޮމާންޑަރ އިސްމާއިލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވުނު އެމްއެންޑީއެފް އިންޓަރ ޔުނިޓް 16 ވަނަ ފުޓްބޯޅަ މުބާރާތް ނިންމާލައިފިއެވެ.

ދެ ޑިވިޝަނަށް ބަހާލެވިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އެފްއާރުއެސްއަށް ހޯދާފައިވާއިރު ދެވަނަ ޑިވިޝަ ން ޗެމްޕިއަންކަން ހޯދާފައިވަނީ ޑީއައިއެސް/ޑީއެސްސީ/ބީއެމްޑަބްލިއުގެ ކޮމްބައިން ޓީމެވެ.

މި މަހުގެ 02 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދިޔަ މި މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފައިނަލް މެޗުގައި އާދިއްތަ ދުވަހުގެ ރޭ ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އާއި ޕްރެޒިޑެންޝަލް ގާޑް އަދި އެސްޕީޖީ ކޮމްބައިން ޓީމް ބައްދަލުކޮށް 6 ލަނޑު 0 ލަނޑުން މޮޅުވެ ޗެމްޕިއަންކަން ހޯދާފައިވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފައިނަލުގައި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ)ގެ ޓީމާއި ޑިފެންސް އިންޓެލިޖެންސް ސަރވިސް، ދިވެހި ސިފައިންގެ ކުލަބް އަދި ބޭންޑް އެންޑް މިއުޒިކް ވިންގު (ޑީއައިއެސް/ޑީއެސްސީ/ބީއެމްޑަބްލިއު)ގެ ކޮމްބައިން ޓީމް ބައްދަލުކުރި މެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ޑީއައިއެސް/ޑީއެސްސީ/ބީއެމްޑަބްލިއުގެ ޓީމެވެ.

މި މުބާރާތް ނިންމުމުގެ ގޮތުން އެފްއޭއެމް 1 ނަންބަރު ޓާފް ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ. މުބާރާތުގެ ރަނަރަޕް ޓީމުތަކަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި މުބާރާތުގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ އެކި ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ.

މި މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ކުޅުންތެރިންގެ ތެރެއިން އެފްއޭއެމް 2 ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޑީއެސްސީގެ ޓީމަށް ނަގާފައިވާ 30 ކުޅުންތެރިން ވަނީ އިޢުލާންކޮށްފައެވެ.

1994 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް ޔުނިޓްތަކުގެ މެދުގައި ބޭއްވުނު 16 ފުޓުބޯޅަ މުބާރާތުގައިވެސް ކުޅެފައިވާ އެސްޕީޖީ ޕީޖީ ކޮމްބައިން ޓީމުގެ ޖަރޒީ ނަމްބަރު 8 ސާޖަންޓް މުޙައްމަދު ރަޝީދު ފުޓު ބޯޅައަށް ބަހައްޓަވާ އަހަންމިއްޔަތުކަން ފާހަގަކޮށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިވެހި ސިފައިންގެ ކުލަބުގެ ފަރާތުން ވަނީ ސާޖަންޓް މުޙައްމަދު ރަޝީދަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ކޮމާންޑަރ އިސްމާޢިލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވުނު އެމްއެންޑީއެފް އިންޓަރ ޔުނިޓް 16 ވަނަ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ދިވެހި ސިފައިންގެ ކުލަބުގެ ރައީސް ކާނަލް ޢަބްދުއްރަޢޫފާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިންނާއި މުބާރާތުގެ ޓީމުތަކުން ބައިވެރިވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް