ގަލޮޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާން ރޯވެފައި ވަނީ ގ. އީލާމް ނަމަކަށް ކިޔާ ގެއެއްގެ ހަވަނަ ފަންގިފިލާގައެވެ.
މި ހާދިސާ ހިނގާފައި ވަނީ އާދިއްތަ ދުވަހުގެ ހަވީރު 5:00 ހާއިރުއެވެ. އަދި އެންއެންޑިއެފްގެ އެހީތެރިކަމާ އެކު މިހާރު ވަނީ ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. އަލިފާން ރޯވެގެން އެ އިމަރާތަށް ފުހުންނާއި ސިފައިން އެރިއިރު އެ އެޕާޓްމަންޓް ހުރީ ތަޅުލާފައެވެ. ނަމަވެސް ދޮރު ވައްޓާލައިގެން ވަދެ، ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ އަލިފާން ނިއްވާލާފައެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ހާނިކައެއް ވީ ކަމެއް އަދި ސިފައިން ނުބުނެއެވެ.