ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 18:17
ކިންގްސް ބީސީ އާއި ރެޑްވިންގްސް މެޗުގެ ތެރެއިން
ކިންގްސް ބީސީ އާއި ރެޑްވިންގްސް މެޗުގެ ތެރެއިން
ހާފް ކޯޓް މޯލްޑިވްސް
އެމްބީއޭ ޗެމްޕިއަންޝިޕް
އެމްބީއޭ ޗެމްޕިއަންޝިޕް: ކިންގްސް ބީސީ ސެމީއަށް
ކިންގަސް ބީސީ 73، ރެޑްވިންގްސް ބީސީ 54
މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިންގްސް ބީސީގެ އަބްދުއްﷲ އަމްޒަރު މުހައްމަދު

ކިންގްސް ބީސީ އެމްބީއޭ ޗެމްޕިއަންޝިޕްގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ސޯޝަލް އިންޑޯ ކޯޓުގައި ހުކުރުދުވަހުގެ ރޭ ކުޅުމު މެޗު ކިންގްސް ބީސީ ކާމިޔާބުކުރީ ރެޑްވިންގްސް ބީސީއާ ވާދަކޮށް 73-54 ޕޮއިންޓުންނެވެ.

ދެ ޓީމުގެ ފަރާތުން ރީތި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ކުއާޓާގައި ކިންގްސް ބީސީ 15 ޕޮއިންޓް ކާމިޔާބުކުރިއިރު ރެޑްވިންގްސް ބީސީ އަށް ކާމިޔާބުކުރެވުނީ ނުވަ ޕޮއިންޓެވެ.

ދެވަނަ ކުއާޓާ ފެށިގެން ރެޑްވިންގްސްގެ ކުޅުން ރަނގަޅުކޮށް، މި ކުއާޓާގައި ކިންގްސްއާ ދެކޮޅަށް ރެޑްވިންސް 21 ޕޮއިންޓް ހޯދިއެވެ. ކިންގްސްއަށް ކާމިޔާބު ކުރެވުނީ 17 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ތިން ވަނަ ކުއާޓާގައި ރެޑްވިންގްސް ބީސީން ގިނަ ގޯސްތަކެއް ހަދައި، ސްކޯކުރަން ލިބުނު ފުރުސަތުތައް ގެއްލުވާލިއެވެ. ނަތީޖާއެއް ގޮތުން އެވަގުތުގެ ބޭނުންހިފައި، ކިންގްސް ވަނީ 21 ޕޮއިންޓް ހޯދާފައެވެ.މި ކުއާޓާގައި ރެޑްވިންގްސް އަށް ކާމިޔާބުކުރެވުނީ 10 ޕޮއިންޓެވެ.

ވަރުގަދަ ހަމަލާތަކެއް ފަހު ކުއާޓާގައި ފެނިގެންދިޔައެވެ. ދެ ޓީމުން ވެސް އެއްވަރަކަށް އެޓޭކް ކުރި ނަމަވެސް އެއް ޕޮއިންޓްގެ ތަފާތަން ކުއާޓާ ކާމިޔާބުކުރީ ރެޑްވިންގްސްއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިންގްސް ބީސީގެ އަބްދުއްﷲ އަމްޒަރު މުހައްމަދުއެވެ.

އަމްޒަރު އަންނަނީ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ނިމިގެން ދިޔަ ގައުމީ ބާސްކެޓް މުބާރާތުގައި ވެސް އަމްޒަރު ފެނިގެން ގޮސފައި ވަނީ ކިންގްސް ބީސީންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް