ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 18:15
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިންގްލޭންޑުން ތަށި އުފުލާލަނީ
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިންގްލޭންޑުން ތަށި އުފުލާލަނީ
ފީފާ
ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް
ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޮސްޓްކުރުމުގެ ފުރުސަތު ޕެރޫއަށް ގެއްލިއްޖެ
މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ އަހަރު އިންޑިއާގައި

ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޮސްޓްކުރުމުގެ ފުރުސަތު ޕެރޫއަށް ގެއްލިއްޖެއެވެ.

މި އަހަރުގެ އޮކްޓޫބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ވޯލްޑްކަޕް ބޭއްވުމުގެ ފުރުސަތު ޕެރޫއަށް ގެއްލުނީ ފީފާއިން އެކި ފަހަރު މަތިން އެ ގައުމަށް ގޮސް، ހެދި ދިރާސާތަކަށް ފަހުއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޕެރޫއަށް ދޭން ނިންމި މި ފުރުސަތު އެ ގައުމަށް ނުދޭން ނިންމީ ހަ ރީޖަނަލް ކޮންފެޑެރޭޝަންގެ ރައީސުންނާއި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ހިމެނޭ ފީފާ ކައުންސިލްގެ ބިއުރޯއިންނެވެ.

ފީފާއިން ބުނީ، މުބާރާތް ހޮސްޓް ކުރުމަށް ޕެރޫއިން ކުރި މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށާއި، މުސްތަގުބަލުގައި ޕެރޫގައި މުބާރާތެއް ބޭއްވުމަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ފީފާއިން އަންނަނީ 17 އަހަރުން ދަށުގެ ވޯލްޑްކަޕް ބާއްވާނެ ގައުމެއް ހޯދުމަށް މަސައްކަތް ކުރަމުންނެނެވެ. އެގޮތުން ވީހާވެސް އަވަހަށް ގައުމެއް ފައިނަލްކުރަންވެސް އެ އިދާރާއަށް ވަނީ މަޖުބޫރުވެފައެވެ.

އެންމެ ފަހުން 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ބާއްވާފައިވަނީ މިދިޔަ އަހަރު އިންޑިއާގައެވެ. އެފަހަރު މުބާރާތް ކާމިޔާބުކޮށްފައިވަނީ އިންގްލޭންޑުންނެވެ. އެގައުމު ވަނީ 2017 ވަނަ އަހަރު ބޭއްވި މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

އޮސްޓްރޭލިއާ، ޖަޕާން، ތަޖިކިސްތާން އަދި ނިއުޒިލޭންޑުން މުބާރާތުން ޖާގައެއް ކަށަވަރުކޮށްފައިވާ އިރު، މުބާރާތުގައި ބައިވެރިވާ އެހެން ގައުމުތައް މި އަހަރު ފަހުކޮޅު މުބާރާތަށް ކޮލިފައިން ކުޅޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް