ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 19:49
ކެރަމް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ
ކެރަމް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ކެރަމް އެސޯސިއޭޝަން
ކެރަމް އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިހާބުވެއްޖެ
ރައީސް ކަމަށް އިބްރާހިމް ޖިހާދު
ކެރަމް ހޯލުގެ ހާލަތު ވަރަށް ދައްކަމަށް އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅުވޭ

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީ އެކުލަވާލުމަށް ބުރާސްފަތި ދުވަހުގެރޭ ވަނީ އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވާފައެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވަސްގެ ރައީސް ކަމަށް އިންތިހާބުވީ އިބްރާހިމް ޖިހާދެވެ.  

މި އިންތިހާބުގައި އިބްރާހިމް ޖިހާދުގެ އިތުރުން އެސޯސިއޭޝަންގެ އެންމެ ފަހުގެ ރައީސް މުހައްމަދު ނަދީމް އާއި އަލީ ސުޖާޢު ވާދަކުރިއެވެ.

ނިމިގެންދިޔަ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 30 މެމްބަރުންނަށް ލިބިފައި ވީނަމަވެސް އިންތިހާބުގައި ބައިވެރިވީ އޭގެތެރެއިން 28 މެމްބަރުންނެވެ.

އެންމެފަހުން އެސޯސިއޭޝަން ހިންގުމާއި ހަވާލުވެ ހުންނެވި ނަދީމަށް ލިބިފައިވަނީ 11 ވޯޓެވެ. އަލީ ސުޖާއުއަށް ލިބިފައިވަނީ އެއްވޯޓެވެ. ޖިހާދު އިންތިހާބު ކާމިޔާބު ކުރެއްވީ މި ދެ ބޭފުޅުންނާއި ވާދަކޮށް 17 ވޯޓު ހޯދައިގެންނެވެ.

ރައީސްގެ މަގާމުގެ އިތުރުން ޓްރެޝަރާ އާއި އާންމު މެމްބަރުންގެ ތިން މެންބަރުންވެސް ވަނީ އިންތިހާބު ކޮށްފައެވެ.

އެސޯސިއޭޝަންގެ ޓްރެޝަރާގެ މަގާމަށް ހޮވުނީ ހަސަން ނާޒިމްއެވެ. މި މަޤާމަށް ކުރިމަތިލީ މި ބޭފުޅާ އެކަންޏެވެ. އެހެންކަމުން ޓްރެޝަރާ އިންތިހާބު ކުރުމަށް ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.

އާންމު މެންބަރުގެ މަގާމަށް 6 ފަރާތަކުންވަނީ ކުރިމަތިލާފައެވެ. އިސްމާޢީލް ސުޖާޢުއަށް ލިބިފައިވަނީ 10 ވޯޓެވެ. އިބްރާހީމް ނާޒިމްއަށް 11 ވޯޓް ލިބުނު އިރު، އާމިނަތު ޒީޝާން އަލީއަށް 12 ވޯޓް، އަހުމަދު އާޒިމްއަށް 16 ވޯޓް، އަހުމަދު ހާމިދުއަށް 16 ވޯޓް އަދި ހުސެއިން މާޒިންއަށް 15 ވޯޓް ލިބިފައިވެއެވެ. ހިންގާ ކޮމެޓީއަށް އާންމު މެންބަރުންގެ ތެރެއިން ހޮވިފައިވަނީ އަހުމަދު އާޒިމް އާއި އަހުމަދު ހަމީދު އަދި ހުސެއިން މާޒިންނެވެ.

ކެރަމްގެ އިންތިހާބު ބޭއްވިގެން ގޮސްފައިމިވަނީ ކެރަމް ހޯލުގެ ހާލަތު ވަރަށް ދައްކަމަށް އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް