ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 16:30
ސައިކްލޯން ބީސީއާއި ޓީރެކްސަ މެޗުގެ ތެރެއިން
ސައިކްލޯން ބީސީއާއި ޓީރެކްސަ މެޗުގެ ތެރެއިން
ހާފް ކޯޓް މޯލްޑިވްސް
އެމްބީއޭ ޗެމްޕިއަންޝިޕް
އެމްބީއޭ ޗެމްޕިއަންޝިޕް: ސައިކްލޯން ބީސީ މޮޅުވުމަން އައިއައުމަށް ނިމުމެއްނާދޭ
ސައިކްލޯން 63، ޓީރެކްސް 32
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނަޝްފާ އާމިރާ (ނައްފަ)

އެމްބީއޭ ޗެމްޕިއަންޝިޕްގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު އަންހެން ޑިވިޝަނުގެ ހަވަނަ މެޗު ކާމިޔާބުކޮށް ސައިކްލޯން ފައިނަލާއި ގާތަށް ޖެހިލައިފިއެވެ.

ސައިކްލޯން ބީސީ އާއި ޓީރެކްސް ސްޕޯރޓްސް އެކަޑަމީ ވާދަ ކުރި އެ މެޗުގެ ނަތީޖާއަކީ ސައިކްލޯން 63، ޓީރެކްސް 32 އެވެ.

މެޗު ފެށިގެން ބޯޅަ ކޮނަޓްރޯލް ކޮށްގެން ރަނގަޅަށް އެޓޭކް ކޮށްގެން ކުޅުނީ ސައިކްލޯންއެވެ.

ފުރަތަމަ ކުއާޓާގައި ސައިކްލޯންގެ ފަރާތުން ފެނިގެންދިޔައި ވަރުގަދަ ކުޅުމެކެވެ. މި ކުއާޓާގައި ސައިކްލޯންގެ އެޓޭކަރުން ހިފަހައްޓައި ނުލެވުމުގެ ނަތީޖާއަކަށް ވީ ސައިކްލޯން ބީސީ 17 ޕޮއިންޓް ކާމިޔާބުކޮށް ބޮޑު ލީޑެއް ނެގުމެވެ. މި ކުއާޓާގައި ޓީރެކްސްއަށް ކާމިޔާބު ކުރެވުނީ ހަތަރު ޕޮއިންޓެވެ.

ޓީރެކްސްގެ ޑިފެންސް ރަނގަޅުކޮށް ދެ ވަނަ ކުއާޓާގައި ސައިކްލޯންއަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. ފުރަތަމަ ކުއާޓާއާއި ހިލާފަށް މި ކުއާޓާ ކާމިޔާބު ކުރީ ޓީރެކްސްއިންނެވެ.

ތިން ވަނަ ކުއާޓާ ފެށިގެން ސައިކްލޯންގެ ކުޅުން ރަނގަޅުކޮށް 19 ޕޮއިންޓް ކާމިޔާބު ކުރިއެވެ. ޓީރެކްސްއަށް ކާމިޔާބުކުރެވުނީ ނުވަ ޕޮއިންޓެވެ.

ލީޑް އިތުރަށް ފުޅާކޮށް ފައިނަލާއި ގާތަށް ސައިކްލޯން ޖެހިލީ ފަހު ކުއާޓާގައި 21 ޕޮއިންޓް ހޯދައިގެންނެވެ. މި ކުއާޓާގައި ޓީރެކްސްއަށް ކާމިޔާބު ކުރެވުނީ 11 ޕޮއިންޓެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ ސައިކްލޯން ބީސީ 63 އަދި ޓީރެކްސް ސްޕޯރޓްސް އެކަޑަމީ 32 ކެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސްކެޓުގައި ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިން ތެރޭ ހިމެނޭ ނަޝްފާ އާމިރާ (ނައްފަ)އެވެ.

ނައްފަ ވަނީ ބުދަދުވަހުގެ މެޗުގައި ސައިކްލޯންއަށް 16 ޕޮއިންޓް ހޯދައިދީފައެވެ.

ސައިކްލޯން މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ޔޫއެން ފްރެންޑްސްއާއި ވާދަކޮށް ވަނީ ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް