ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 13:42
ލޫކަ މޮޑްރިޗް
ލޫކަ މޮޑްރިޗް
އޭއެފްޕީ
ލޫކަ މޮޑްރިޗް
ރެއާލްގެ އެއްބަސްވުން މޮޑްރިޗް އާކުރާނެ
މޮޑްރިޗްގެ އެއްބަސްވުން ހަމަވާނީ 2020 ގައި

ރެއާލް މެޑްރިޑާއެކު ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް ހަދާފައިވާ އެއްބަސްވުން އާކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މާސާއިން ބުނީ، ރެއާލްއާ އެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުން އާ ކުރާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ކަންތައް ނިމިގެންދާނެ ކަމަށެވެ.

ރެއާލްއާ އެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާއިރު، އިންޓަ މިލާންގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ.

ނަމަވެސް ނޫސްވެރިންނަށް ދާދި ފަހުން މައުލޫމާތު ދެމުން މޮޑްރިޗް ބުނީ، އޭނާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ދޮޅު އަހަރު އެބައޮތް ކަމަށާއި، އެއްބަސްވުން ނިމެންދެން ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ މޮޑްރިޗް ބުނީ، ރެއާލްގައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ބޭނުންވާ ކަމަށާއި، އޭނާ ކްލަބުގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ރަޝިއާގައި ނިމިގެންދިޔަ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މޮޑްރިޗް ވަނީ ނިމިގެންދިޔަ ސީޒަނުގައި ރެއާލްއާއެކު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ޓޮޓެންހަމް ހޮޓްސްޕާއިން ވިދާލި މޮޑްރިޗް ބާސާއަށް ބަދަލުވީ 2012 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 290 މެޗުގައި 16 ލަނޑު ކާމިޔާބުކޮށްފައެވެ.

ކްރޮއޭޝިއާގެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ފާއިތުވެދިޔަ ދެއަހަރުވެސް ހޯދާފައިވާ މޮޑްރިޗް ވަނީ އެ ޓީމަށް ކުޅުނު 118 މެޗުގައި 14 ލަނޑު މިހާތަނަށް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް