ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 20:12
ޑެން އިވާންސް
ޑެން އިވާންސް
ގޫގުލް
ޑެން އިވާންސް
ޑެލްރޭ ބީޗް އޯޕަންގެ ކުއާޓާ ފައިނަލުން ޑެން އިވާންސް ޖާގަ ހޯދައިފި
އިވާންސް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ލޯއިޑް ހެރިސް ބަލިކޮށްގެން
ރިއޯ އޯޕަން މެޗުން އިނގިރޭސި ވިލާތުގެ ދެވަނަ ކެމްރޮން ނޯރީ ވަނީ ބަލިވެފަ

ޑެން އިވާންސް ޑެލްރޭ ބީޗް އޯޕަންގެ ކުއާޓާ ފައިންލުން ޖާގައެއް ކަށަވަރު ކޮށްފިއެވެ.

އިނގިރޭސިވިލާތަށް އުފަން ޑެން އިވާންސް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ލޯއިޑް ހެރިސް ބަލިކޮށްގެންނެވެ.

ބުރާސްފަތި ދުވަހު ކުޅުނު އެ މެޗު އިވާން ކާމިޔާބު ކުރީ ދެ ސެޓުންނެވެ. އެއީ 6-0 އަދި 6-2 ގެ ނަތީޖާއަކުންނެވެ.  

ދުނިޔޭގެ ރޭންކިންގެ 148 ވަނާގައި އޮތް އިވާން އާއި ހެރިސް ބައްދަލު ކުރި މިއީ ފުރަތަމަ މެޗެވެ.

ޑެން އިވާންސް ޑެލްރޭ ބީޗް އޯޕަންގެ ކުއާޓާ ފައިންލުން ޖާގަ ހޯދާފައިވާއިރު ރިއޯ އޯޕަން މެޗުން އިނގިރޭސި ވިލާތުގެ ދެ ވަނަ ކެމްރޮން ނޯރީ ވަނީ ބަލިވެފައެވެ. އެ މެޗުން ނޯރިން ބަލިވީ ސްޕެއިންގެ ޖޯމް މުނާރ އާއި ވާދަކޮށެވެ.

ދުނިޔޭގެ 66 ވަނާގައި އޮތް މުނާރ މެޗު ކާމިޔާބު ކުރީ ތިން ގަޑިއިރާ 19 މިނެޓުންނެވެ.

ނިމިގެން ދިޔަ ރައުންޑުގައި އިވާން ވަނީ ފްރާންސެސް ޓިއެފޯ ބަލިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް