ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 15:54
ބެޑްމިންޓަން
ބެޑްމިންޓަން
ފޭސްބުކް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
21 އަހަރުން ދަށުގެ ބެޑްމިންޓަން ޕޫލަށް ކޯޗުން ހޯދަނީ
ކޯޗުން ހޯދަނީ އައްޑޫ ސިޓީގެ 21 އަހަރުން ދަށުގެ ކުޅުންތެރިންގެ ޕޫލެއް އެކުލަވާލަން

ބީޑަބްލިއުއެފް ލެވެލް އެކެއްގެ ކޯޗުން ހޯދުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފްމޯލްޑިވްސްއިން އިއުލާން ކޮށްފިއެވެ.

ސާކު ގައުމުތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ 21 އަހަރުން ދަށުގެ ސައުތު އޭޝިއަން ރީޖަނަލް ބެޑްމިންޓަން މުބާރާތަށް އައްޑޫ ސިޓީގެ 21 އަހަރުން ދަށުގެ ކުޅުންތެރިންގެ ޕޫލެއް އެކުލަވާލައި، ކުޅުންތެރިން ތަމްރީނު ކުރުމަށް އަމަލީގޮތުން އުޅެވޭނެ ބީޑަބްލިއުއެފް ލެވެލް އެކެއްގެ ކޯޗުން ބޭނުންވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ އިއުލާނުގައި ބުނެފައިވެއެވެ.

21 އަހަރުން ދަށުގެ ސައުތު އޭޝިއަން ރީޖަނަލް ބެޑްމިންޓަން މުބާރާތް މި އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާތެރޭގައި އައްޑޫގައި ބޭއްވިގެން ދާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އެސޯސިއޭޝަނުން ނެރެފައި އިއުލާނުގައި އެ އެސޯސިއޭޝަނުން ބުނެފައި ވަނީ، ކޯޗު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 27 ފެބްރުއަރީ ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ބައިވެރިވުމަށް އެދި ލިއުމަކުން އެސޯސިއޭޝަންއަށް ހުށައެޅުމަށެވެ. ނުވަތަ ބެޑްމިންޓަން އެސޯސިއޭޝަންގެ އީމެއިލްއަށް މެއިލް ކުރުމަށެވެ.

އިތުރު މައުލުންމާތު ބޭނުންފުޅުވާނަމަ ބެޑްމިންޓަން އެސޯސިއޭޝަން އޮފްމޯލްޑިވްސްގެ ނަމްބަރު 3314057 ކަށް ގުޅުއްވާ މައުލުންމާތު ސާފުކުރެވޭނެކަމަށް ވެސް އިއުލާނުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް