ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 12:57
ވިކްޓްރީގެ އާ ބޯޑު
ވިކްޓްރީގެ އާ ބޯޑު
ޓްވިޓަރ
ވިކްޓްރީގެ ޕޮއިންޓް ކެނޑުން
ފީފާއިން ވިކްޓްރީގެ ތިން ޕޮއިންޓް ކަނޑާލައިފި
ވިކްޓްރީ އަތުން ޕޮއިންޓް ކެނޑީ ބިދެސީ ކުޅުންތެރިޔަކަށް މުސާރަ ނުދީގެން

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ތިން ޕޮއިންޓް ކަނޑާލައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިކްޓްރީގެ ތިން ޕޮއިންޓް ކަނޑާލަން ފީފާއިން ނިންމީ އެ ކްލަބުން ބިދޭސީ ކުޅުންތެރިޔަކަށް މުސާރަ ނުދިން މައްސަލައެއްގައެވެ. ނަމަވެސް އެއީ ކޮން ބިދޭސީ ކުޅުންތެރިޔެއްކަން އަދި ކަށަވަރެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފީފާއިން ވިކްޓްރީގެ ތިން ޕޮއިންޓް ކެނޑީ، އެ ކްލަބަށް ފީފާއިން ފޮނުވި ސިޓީތަކަށް ޖަވާބުނުދިނުމުގެ ސަބަބުންނެވެ. މިކަން ހިނގާފައި ވަނީ ވިކްޓްރީގެ ކުރީގެ މެނޭޖްމަންޓް ހަވާލުވެ އޮއްވައެވެ.

މީގެ އިތުރުން މައުލޫމާތު ލިބިފައިވާ ގޮތުގައި ވިކްޓްރީން އެ ބިދޭސީ ކުޅުންތެރިޔާއަށް މުސާރަނުދީފި ނަމަ، ފީފާއިން ދެން އަޅާނެ ފިޔަވަޅަކީ އެ ކްލަބް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިކްޓްރީ އަތުން ފީފާއިން ތިން ޕޮއިންޓް އުނިކޮށްފައި ވަނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުންނެވެ.

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ވިކްޓްރީއަށް ލިބިފައިވަނީ 10 ޕޮއިންޓާއެކު 8 ވަނައެވެ. އެގޮތުން 10 ޕޮއިންޓުގެ ތެރެއިން ތިން ޕޮއިންޓް ކެނޑުމުން އެޓީމަށް ލިބޭނީ ހަތް ޕޮއިންޓެވެ. ނުވަ ވަނައިގައި އޮތް ފެހެންދޫއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ބިދޭސީ ކުޅުންތެރިޔަކަށް މުސާރަ ނުދޭ މައްސަލައެއްގައި ފީފާއިން ވިކްޓްރީގެ ތިން ޕޮއިންޓް ކަނޑާފައިވާއިރު، ފީފާއިން އަންނަނީ ނިއުގެ ބިދޭސީ ކުޅުންތެރިޔަކަށް މުސާރަ ނުދޭ މައްސަލައެއް ވެސް ބަލަމުންނެވެ.

އެފްއޭއެމުން ވަނީ ދާދި ފަހުން ދިވެހި ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ނިއުރޭޑިއަންޓް ފުޓުބޯޅައިގެ ހުރިހާ ހަރަކާތުން ސަސްޕެންޑުކޮށްފައެވެ. އެފްއޭއެމުން ނިއު ސަސްޕެންޑުކުރީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ދައްކަންދެކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް