ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށާއި، އެ އަތޮޅު ކޫއްޑޫއަށް ވަޑައިގަންނަވައިފިއެވެ.
ކޫއްޑޫ އިން ރައީސް ސޯލިހަށް މަރުހަބާ ދަންނަވާފައި ވަނީ ކޫއްޑޫ އެއަރޕޯޓުގެ އިސްވެރިންނާއި އެ ސަރަހައްދުގެ ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިންނާއި، ކޫއްޑޫ މުވައްޒަފުންނެވެ.
#NorthHuvadhuAtoll #Kooddoo
— Presidency Maldives (@presidencymv) February 20, 2019
President @ibusolih arrives at Kooddoo Airport, North Huvadhoo Atoll.
The President is currently on a one-day trip to Kooddoo and Vilingili of North Huvadhoo Atoll. pic.twitter.com/TP7PGbKMjZ
އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ވިލިނގިލީ ކައުންސިލްގެ މެމްބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ ވެރިންނާއި، ގިނަ އަދަދެއްގެ އާންމުން ނިކުމެފައިވެއެވެ.
#NorthHuvadhuAtoll #Vilingili
— Presidency Maldives (@presidencymv) February 20, 2019
President @ibusolih arrives in Vilingili, North Huvadhoo Atoll. pic.twitter.com/l6wZgS4FGv
އެމަނިކުފާނުގެ މި ދަތުރުފުޅަކީ މަސްވެރިންގެ "މަސްދޯނި އެކައުންޓް" އިފްތިތާޙު ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ރަސްމިއްޔާތު އޮންނާނީ ގއ. ކޫއްޑޫގައެވެ. ކޫއްޑޫއަކީ އެއާޕޯޓާއި މަސްފެކްޓްރީ އާއި ސިޓީ ހޮޓާ ހިންގާ ރަށެކެވެ.
ރައީސް ސޯލިހުގެ އެ ދަތުރުފުޅުގައި ގއ. އަތޮޅު ކައުންސިލާއި ވިލިނގިލީ ކައުންސިލާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން ވިލިނގިލީ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
![](https://dyncz33htw1ec.cloudfront.net/posts/1550663117.jpg)
ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތައާރަފުކުރާ ރައްޔިތުންގެ މަސްވެރިޔާ ކާޑަކީ ފައިސާ ޖަމާކުރެވޭ އަދި ޚަރަދުތައް ކުރުމަށް ބޭނުންކުރެވޭނެ ކާޑެކެވެ. މި ކާޑާ އެކު، މަސްކިރުވުމަށް ފަހު ދޯންޏަށް ލިބޭ ފައިސާ އާއި މަސްވެރިންނަށް ދޭ ފައިސާގެ މުއާމަލާތްތައް ބަލާލުމަށްޓަކައި، މޯބައިލް ޕޯޓަލް އެކްސަސްއެއް، ޚިދުމަތަށް ރަޖިސްޓްރީކުރާ ކޮންމެ ދޯންޏަކަށް ވެސް ބީއެމްއެލްއިން ދޭނެއެވެ.