ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 22:00
ކާތިކް އާރިޔަންއާއި ދިޝާ ބަޓާނީ
ކާތިކް އާރިޔަންއާއި ދިޝާ ބަޓާނީ
ގޫގުލް
ކާތިކް އާރިޔަންއާއި ދިޝާ ބަޓާނީ
ކާތިކް އާރިޔަންއާއި ދިޝާ ބަޓާނީ ލޯބީގެ ފިލްމަކުން އެކުގައި ފެނިގެންދަނީ!
މިފިލްމާއި ގުޅޭ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވޭ

ބޮލީވުޑުގައި ފިޔަޖަހަމުން އަންނަ ދެތަރިން ކަމަށްވާ ކާތިކް އާރިޔަންއާއި ދިޝާ ބަޓާނީ ލޯބީގެ ފިލްމެއްގައި އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެއްޖެއެވެ.

އަނީސް ބަޒްމީ ޕްރޮޑިއުސްކުރާ މިފިލްމުގައި ކާތިކްއާއި ދިޝާ ފެނިގެންދާ މިފިލްމު މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ކޮލެޖް ރޮމޭންސްއަށެެވެ.

އަދި ބުޝާން ކުމާރު ޑައިރެކްޓްކުރާ މިފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށާއި މިވަގުތު މިފިލްގެ ޕްރޮޑިއުސަރ މިވަގުތު އޭނާގެ ކުރިއަށް އޮތް ފިމްލު ޕާގަލްޕަންތީގެ މަސައްކަތުގައި ބުރަކޮށް މަސައްކަތް ކުރަމުންދާ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ލަންޑަންގައި ޝޫޓިން ކުރިއަށްގެންދާ ޕާގަލްޕަންތީގެ ތަރިންގެ ތެރޭގައި ޖޯން އަބްރަހަމް، އަނިލް ކަޕޫރު، އަޜްޝަދު ވާރސީ، އިލިއާނާ ޑިކްރޫޒު، ކްރިތީ ޚަބަންޑާ އަދި ޕުލްކިތް ސަމްރާތްއެވެ.

ކާތިކްއާއި ދިޝާއާއި ގުޅޭގޮތުން ފިމްލު ޑައިރެކްޓަރ ބުޝާން ބުނެފައިވަނީ ފިލްމު ބާރަތުގެ ޝޫޓިންގެ ތެރެއިން ދިޝާގެ މަސައްކަތް ފެނިފައިވާ ކަމަށާއި އޭނާއަކީ ހުނަރުވެރި ކުޅަދާނަ އެކްޓަރެއް ކަމަށެވެ. އަދި މިހާތަނަށް ކާތިކް ކުޅެފައިވާ ފިލްމުތަކުގައި އޭނާ ދައްކުވައިދީފައިވާ އެކްޓިންއާއި މެދު ވަރަށް ހިތް ހަމަޖެހޭ ކަމަށްވެސް ބުޝާން ވަނީ ބުނެފައެވެ.

މިފިލްމުގެ ނަން އަދި ހާމަކޮށްފައި ނުވާއިރު، މިއީ ޑައިރެކްޓަރ ބުޝާންގެ ފިލްމެއްގައި ކާތިކް މަސައްކަތްކުރާނެ ތިން ވަނަ ފަހަރުއެވެ. މިފިލްމާއި މެދު ކާތިކްއާއި ދިޝާވެސް ވަނީ ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް