ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 19:52
އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރު
އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރު
މުހައްމަދު ޝަރުހާން
އާލިޔާ ބަޓް
އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރު ކައިވެނި ކުރަނީ!
ލޯބީގެ ގުޅުމެއް އުފެދިފައި ވަނީ ފިލްމްގެ ޝޫޓިން ތެރޭގައި
އެ ދެ މީހުން އެކީގައި ފެނިގެންދާނީ ފިލްމު ''ބްރަމަސްތްރާ'' އިން

ބޮލީވުޑްގެ ތަރި އާލިއާ ބަޓް އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު ކައިވެނިކުރަން ނިންމައިފިއެވެ.

މި ދެ ތަރިންގެ ގުޅުން މީޑިޔާއަށް ވެސް ހާމަވެފައިވާއިރު ވަރަށް ގިނަ އިވެންޓްތަކުން އެކުގައި ވެސް ފެނިގެން ގޮސްފައި ވެއެވެ. އެގޮތުން ރަންވީރު ސިންގއާ އެކު އާލިޔާ ކުޅެފައިވާ އެންމެ ފަހުގެ ފިލްމު ގައްލީ ބޯއީގެ ސްކްރީންއަށް ބޭއްވި ހާއްސަ ހަފްލާގައި އާލިޔާ ވަނީ އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއި ދެ މީހުންގެ ކައިވެނި 2020ގައި ކުރުމަށް ނިންމާފައިކަން ވަނީ ހާމަކޮށްފައެވެ.

އެހެން ނަމަވެސް ކައިވެނިކުރާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ. ރަންބީރު ކަޕޫރު ވެސް މީގެ ކުރިން ބުނެފައި ވަނީ ވަރަށް އަވަހަށް ކައިވެނި ކުރަން އުންމީދު ކުރާ ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުގައި އާލިއާ އާއި ރަންބީރާއި ދެމެދު ލޯބީގެ ގުޅުމެއް އުފެދިފައި ވަނީ އެ ދެ މީހުން އެކީގައި ފެނިގެންދާ ފިލްމު "ބްރަމަސްތްރާ"ގެ ޝޫޓިން އަށް ބަލްގޭރިއާގައި އުޅުމުގެ ތެރޭގައެވެ.

މިއީ ރަންބީރާއި އާލިއާ އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ދެ މީހުންގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން އަމީތާބް ބައްޗަން އަދި މޯނީ ރޯއީ ވެސް ފެނިގެން ދާނެއެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 15 ގައެވެ.

މީގެ އިތުރުން ރަންބީރު ފެނިގެންދާނީ ޝަމްޝޭރާއިންނެއެވެ. އަދި އާލިޔާ ފެނިގެންދާނީ ކަލަންކް، ސަޑަކް 2 އަދި ތަޚްތްއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް