ވީހާވެސް ގިނަ ގޭބީސީތަކުން ވެމްކޯގައި ރަޖިސްޓްރީ ކުރެއްވުމަށް މާލޭ ސިޓީ ކައުންސިލުން އެދިއްޖެއެވެ.
މާލޭހިޔާގެ އެއް ނަމްބަރު ޕްލެޓް އިމާރާތުގައި ގިނަ ދުވަސް ވަންދެން ޖަމާކޮށްފައި ހުރި ކުނިތަކުގައި ފުޅަ އަޅައި ފްލެޓާއި އެ ސަރައްހަދުގައި އުޅޭ އަވަށްޓެރިންނަށް އުނދަގުލާ ކުރިމަތިވެފައިވާއިރު، އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާާޅުވީ، އެތަނަށް ސިޓީ ކައުންސިލުގެ މުވައްޒަފުން ގޮސް އެ ސަރަހައްދު ސާފުކޮށްފައިވާ ކަމަށާއި، އެކަމަށް ވަގުތީ ހައްލެއް ގެނެވިފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ޖަމާ ކޮށްފައިވާ ކުނިތަކުގައި ގިނަ އަދަދަކަށް ފުޅަ އަޅައި ފެތުރޭން ފަށާފައިވާތީ ފްލެޓް އިމާރާތުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ އެ ޝަކުވާ އުފުލާފަ އެވެ. އަދި މީސްމީޑިއާގައި ވެސް އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކޮށްފައިވެއެވެ.
#GalolhuDhekunu #MaleHiya therey fulha. Mi massala hushahalhain kithamme dhuvaheh. Mulhi mihisaabuga vass. Maadhamaa meeting akah request kurevijje @WAMCOmv @MaleCitymv
— Mirfath Ismail Shafeeq (@MirraMiru) February 16, 2019
Vaguthukolheh libeyne kamah umeedhukuran. pic.twitter.com/QiHyHJvJQA
ޝަމާއު އިތުރަށް ވިދާޅުވީ، އެ އިމާރާތުގެ ފަންގިފިލާތަކުގައި ދިރިއުޅޭ ގިނަ މީހުން ވެމްކޯގައި ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށާއި، އެ ފަރާތްތަކުން ކުނި ކޮތަޅަށް އެޅުމަށް ފަހު އިމާރާތުގައި ކުނި އަޅަން ޚާއްސަކޮށްފައި ހުންނަ "ގާރބޭޖް ޝޫޓް" ތެރެއަށް ލާ ކަމަށެވެ. ނަމަވެސް އެހެން ލާއިރު ގިނަ ފަރާތްތަކުން ކޮތަޅު ބަންދުކުރަންޖެހޭ މިންގަނޑަށް ބަންދު ނުކުރާ ކަމަށާއި، ގާރބޭޖް ޝޫޓު ތެރެއަށް އަޅަން ނުޖެހޭ ފަދަ ބޮޑެތި ކުނިވެސް އޭގެ ތެރެއަށް އަޅާ ކަމަށެވެ. އެކަމުގެ ސަބަބުން ކުނިތައް ތާށިވެ، ގިނަ ދުވަސްވެފައި ހުންނަ ކަމަށް ޝަމާއު ވިދާޅުވިއެވެ.
ގާރބޭޖް ޝޫޓްތަކުގައި އެއްވެފައި ހުންނަ ކުނި ނަގައި ޑަސްބިން ކޮތަޅަކަށް ލުމަށް ފަހު، ވެމްކޯއިން ގެންދިއުމަށްޓަކައި ނެެރުމުގެ މަސައްކަތް ކުރިން ކުރަނީ ހައުސިން މިނިސްޓްރީންނެވެ. ނަމަވެސް ރަސްމީ ގޮޮތުން ފްލެޓުތައް ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލާ ހަވާލުކުރެވިފައި ވަނީ މިދިޔަ ހަފްތާގައިި ކަމަށް ޝަމާއު ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ، އެކަމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ވީހާވެސް ގިނަ ގޭބިސީތަކުން ވެމްކޯގައި ރަޖިސްޓްރީ ކުރުމަށް އެދިލައްވާ ކަމަށާއި، ގާރބޭޖް ޝޫޓް ބޭނުން ކުރާ ފަރާތްތަކުން ވެސް ކުނިތައް ރަނގަޅަށް ބަންދު ކުރެއްވުމަށް އެދިލައްވާ ކަމަށެވެ.
މާލޭހިޔާ ފްލެޓުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިން ކުރަނީ ހައުސިން މިނިސްޓްރީންނެވެ. ނަމަވެސް އެ މަސައްކަތް ސިޓީ ކައުންސިލުގެ މެންޑޭޓަށް ބަދަލުކޮށް ރަސްމީކޮށް އެ މަސައްކަތާ ސިޓީ ކައުންސިލުން ހަވާލުވެފައިވާއިރު، މިހާރު ފްލެޓުތަކަށް ސިޓީ ކައުންސިލުގެ މުވައްޒަފުން ހަމަޖައްސާފައިވާ ކަމަށާއި، ފްލެޓުތަކުގެ ކަންކަން އެފަރާތްތަކުން ބަލަހައްޓަމުން ގެންދާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.