ފ.ފިލިތެޔޮ ރިސޯޓް ކައިރިން 16 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި ރޯވެ، އޭގެން ދަތުރުކުރި އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވަނީ ބޯޓުގައި އެވަގުތު ދަތުރުކުރަމުން ދިޔަ 16 މީހުން އެހެން ދޯންޏަކަށް ނަގާފައިވާ ކަމަށެވެ. ދޯނީގައި ތިބި ހުރިހާ އެއްމެންނާއި އެކު ސީ އެމްބިއުލާންސް މިހާރު ދަތުރުކުރަމުން ދަނީ ދ.މީދޫއަށް ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ ފަތިހު 4.45 ހާއިރު ކަމަށާއި، އެމްއެންޑީއެފްގެ އަލިފާން ނިއްވާ ބޯޓެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާރު ދީފައެވެ.
މީގެއިތުރުން އަލިފާނުގެ ހާދިސާއާއި ގުޅިގެން ދޯނީގެ ބޮޑު ބައެއް މިހާރު ވަނީ އަޑީގައި ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.