ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 21:42
ކޭޓީ ޕެރީއާއި އޮލެންޑޯ ބްލޫމް އެންގޭޖްވެފައިވަނީ ވެލެންޓައިންސް ޑޭގައި
ކޭޓީ ޕެރީއާއި އޮލެންޑޯ ބްލޫމް އެންގޭޖްވެފައިވަނީ ވެލެންޓައިންސް ޑޭގައި
ގޫގުލް
ކޭޓީ ޕެރީ - އޮލެންޑޯ ބްލޫމް
ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި ފިލްމީތަރި އޮލެންޑޯ ބްލޫމް އެންގޭޖްވެއްޖެ!
ކޭޓީ ޕެރީއާއި އޮލެންޑޯ ބްލޫމް އެންގޭޖްވެފައިވަނީ ވެލެންޓައިންސް ޑޭގައި

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީއާއި ފިލްމީތަރި އޯލެންޑޯ ބްލޫމް ކައިވެނިކުރަން އެންގޭޖް ވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކޭޓީއާއި އޯލެންޑޯ އެންގޭޖްވެފައިވަނީ ފެބްރިއަރީ 14، ނުވަތަ 'ވެލެންޓައިންސް ޑޭ' ގައެވެ.

އެމެރިކާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރު ގެނެސްދޭ 'އީ!ނިއުސް'އިން ބުނީ ކައިވެނި ކުރުމަށް އޯލެންޑޯ ކޭޓީ ގާތު އަަހައިފައިވަނީ ވެލެންޓައިންސް ޑޭގައި ދިޔަ ޑިނަރ ޑޭޓަށް ފަހު ކަމަށެވެ. އަދި އެއަށްފަހު، އޮލެންޑޯ ވަނީ ކޭޓީއަށް ސަޕްރައިޒް ޕާޓީއެއް ބާއްވާފައެވެ.

ދެ ތަރިންވެސް ވަނީ އެންގޭޖްވެފައިވާކަން ހާމަވާ ފަދަ ޕޯސްޓްތަކެއް އިންސްޓަގްރާމް މެދުވެރިކޮށް ހުކުރު ދުވަހު ޕޯސްޓްކޮށްފައެވެ.

34 އަހަރުގެ ކޭޓީއާއި 42 އަހަރުގެ އޮލެންޑޯ ފުރަތަމަ ދިމާވެފައިވަނީ 2016 ވަނަ އަހަރުގެ ގޯލްޑަން ގްލޯބްސްއަށް ފަހު އޮތް ޕާޓީއެއް ތެރެއިންނެވެ. އަދި އެއަށްފަހު ރަށްޓެހިވުމަށް ފަހު، 2017 ވަނަ އަހަރުގެ މާޗް މަހު ދެ މީހުން ރުޅިވިއެވެ. އެހެންނަމަވެސް، އަނެއްކާވެސް އެ އަހަރުގެ ޑިސެމްބަރު މަހު ދެ މީހުން އެކުގައި ޖަޕާނުގައި ޗުއްޓީ ހޭދަ ކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ފެތުރުނެވެ.

މި ވެގެންދާނީ ކޭޓީއާއި އޮލެންޑޯގެ ދެވަނަ ކައިވެންޏަށެވެ. ކޭޓީ ކުރިން ކައިވެނިކޮށްފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ކޮމީޑިއަންއެއް ކަމަށްވާ ރަސަލް ބްރޭންޑްއާއެވެ. ދެ މީހުން 2010 ވަނަ އަހަރު ކައިވެނިކޮށްފައިވާއިރު، 2012 ވަނަ އަހަރު ވަރިވިއެވެ.

'ލޯޑް އޮފް ދަ ރިންގްސް'ގެ ފިލްމްތަކުން ފެންނަ އޮލެންޑޯއަކީ ވެސް އިނގިރޭސިވިލާތަށް ނިސްބަތްވާ ފަންނާނެކެވެ. އޭނާއާއި އޮސްޓްރޭލިއާއަށް ނިސްބަތްވާ މަޝްހޫރު މޮޑެލް، މިރެންޑަރ ކަރ ކައިވެނިކޮށްފައިވަނީ 2010 ވަނަ އަހަރެވެ. އަދި 2013 ވަނަ އަހަރު ވަރިވިއިރު، ދެ މީހުންނަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައެވެ.

- ކޮމެންޓް