ރެޕަރ އަދި އެކްޓަރ ޖޭޑެން ސްމިތު ވީއެޗް1 ސުޕަރސޯނިކް ފެސްޓިވަލްގައި ޕާރފޯމްކުރުމަށް އިންޑިއާއަށް ގޮސްފިއެވެ.
ޖޭޑެން ހޮނިހިރުދުވަހު ހެނދުނު އެއަރޕޯޓްގައި ހުއްޓާ ނަގާފައިވާ ފޮޓޯތައް ވަނީ ދައުރުވާން ފަށާފައެވެ.
ޕަޕަރާޒީން ނަގާފައި ހުރި ފޮޓޯތަކުގައި ޖޭޑެން ފެނިގެންދަނީ ގްރޭ ހޫޑީއަކާއި ކަޅުކުލައިގެ ޖިންސެއްގައި ހުއްޓައެވެ.
ޕޫނޭ ގައި އޮންނަ މި ފެސްޓިވަލްގައި އޭނާ ޕާރފޯމް ކުރުމަށް ހަމަޖެހިފައިވާއިރު މިއީ އޭނާ އިންޑިއާގައި ޕާރފޯމް ކުރާ ފުރަތަމަ ފަހަރެވެ.
ޖޭޑެން2017 ވަނަ އަހަރު ކޮށްފައިވާ ޓްވީޓެއްގައި އޭނާ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ. އޭނާ މިހެން ބުނުމުން އޭނާގެ ފޭނުން ވަނީ މަޝްހޫރު ބޮލީވުޑް ފިލްމްތަކުގެ މަންޒަރަށް ޖޭޑެން ފޮޓޯޝޮޕުން ލުމަށް ފަހު މީމްސް ހަދާފައެވެ.
ހިންދުސްތާން ޓައިމްސް ލިޑަރޝިޕް ސަމިޓްގެ ގެސްޓަކަށް ޖޭޑެންގެ ބައްޕަ ވިލް ސްމިތު ވަނީ 2018 ވަނަ އަހަރު އޮކްޓޯބަރު މަހު އިނޑިއާ އަށް ގޮސްފައެވެ. މި ދަތުރުގައި ވިލް ވަނީ ކަރަންޖޯހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ 2"ގެ ސެޓަށް ގޮސްފައެވެ. އަދި އެފިލްމްގެ ކާސްޓުންނާ އެކު ޑާންސް ޝޮޓެއް ނަގާފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ.
މީގެ އިތުރުން އެ ފިލްމްގެ ކާސްޓުން ކަމަށްވާ ޓައިގާ ޝްރޯފް، އަނަންޔާ ޕާންޑޭ އަދި ތާރާސުތެއިރިއާއާ އެކު ނަގާފައިވާ ފޮޓޮތައް ވަނީ ފެނިގެން ގޮސްފައެވެ.
ވިލް ވަނީ އެޗްޓީއެލްއެސް އަށް ދިން އިންޓާވިއެއްގައި އޭނާ ކުރަން ބޭނުންވާ ކަންތަކުގެ ލިސްޓްގައި ބޮލީވުޑް ޑާންސް ސީކުއެންސެއް ހެދުން ހިމެނޭ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ވެސް ވިލް ވަނީ މުމްބާއީގެ މަގުމަތީގައި އޮޓޯ ދުއްވާ އަދި ބޮލީވުޑްގެ ގިނަ ތަރިންނާ އެކު ޕާޓީކޮށްފައެވެ. އޭގެ ތެރޭގައި ރަންވީރު ސިންގް ހިމެނެއެވެ. އަދި ވިލް ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމް "ގަލީ ބޯއީ" ގައި ރަންވީރު އަދާކޮށްފައިވާ ރޯލަށް ތައުރީފުކޮށްފައެވެ.
ވިލް ވަނީ 2017 ވަނަ އަހަރު ވެސް އިންޑިއާއަށް ގޮސްފައެވެ. މުމްބާއީގައި ވިލް ވަނީ އޭނާގެ ނެޓްފްލިސް ފިލްމް "ބްރައިޓް" ޕްރޮމޯޓް ކޮށްފައެވެ.
ވިލް ދެން އެންމެ އަވަހަށް ފެނިގެންދާނީ "އަލައުއްދީން" ގެ ރީމެކްއިން ޖިންނީގެ ރޯލުންނެވެ.