Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2017 | ބުރާސްފަތި 23:25
ކޯސްޓް ގާޑް: ހުކުރުއެޅި ކައިރިން ގެއްލުނު މީޙަކު ދަނީ ހޯދަމުން
ކޯސްޓް ގާޑް: ހުކުރުއެޅި ކައިރިން ގެއްލުނު މީޙަކު ދަނީ ހޯދަމުން
ގޫގުލް
މީހަކު ގެއްލިގެން ހޯދުން
ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި
ގެއްލިގެން ހޯދަނީ 23 އަހަރުގެ ފިރިހެނެއް

ފަޅު ރަށެއް ކަމުގައިވާ އދ. ހުކުރުއެޅި ކައިރިއަށް ޑައިވިނަށް ގޮސް އުޅުނު ދިވެއްސެއްގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކްތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ޚަބަރެއް ނުވެގެން ހޯދަމުން ދަނީ ށ. ޅައިމަގު އުމުރުން 23 އަހަރުގެ ފިރިހެނެއް ކަމަށާއި އިތުރު މައުލޫމާތެއް އަދި ސާފުވެފައި ނުވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ކޯސްޓްގާޑުން މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ސަރަހައްދުގައި ވަރަށް ވައިގަދަ ކަމަށާއި ކަނޑުވެސް ވަރަށް ގަދަކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޑައިވިނަަށް ދިޔަ މީހާ ދަތުރުކުރި އެދޯންޏާ ގުޅައިގެން މައުލޫމާތު ސާފުކުރަން އުނދަގޫވެފައިވާ ކަމަށާއި ނަމަވެސް އެ ދޯނި އޮތް ތަން ފާހަގަ ކުރަމުންދާ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ބައެއް ހިސާބުތަކަށް ކަނޑުގަދަ ދުވަސްވަރެކެވެ. އަދި ބައެއް ހިސާބުތކަށް ދަނީ އުދަވެސް އަރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް