މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރި ފިލްމް "ކެދަރްނާތު" އިން ބޮލީވުޑަށް ތަޢާރަވި ސާރާ އަލީ ޚާން ގެ ދިރިއުޅުމަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފިއެވެ.
"ކެދަރްނާތް" އަށް ފަހު ދެން ސާރާ ކުޅޭފައިވާ ފިލްމް "ސިމްބާ" ވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެއް ފިލްމަށް ވެގެން ގޮސްފައެވެ.
ސިމްބާގެ ކާމިޔާބީއަށް ފަހު ސާރާ ވެގެންގޮސްފައިވަނީ ބޮލީވުޑްގެ ތަރިންގެ ތެރެއިން މިދުވަސްވަރު ފޭނުން އެންމެ ބޮޑަށް އެތަރިއެއްގެ ކަންކަން އިންގެން ބޭނުންވާ އެއްތަރިއަށެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ސާރާ ވަނީ އޭނާގެ އަމިއްލަ ގެއަކަށް ބަދަލުވެފައެވެ. އެގޮތުން ކާރެއްގައި ސަރާގެ ސާމާނު ކަމަށް ބެލެވޭ ތަކެތި ހުރި ބޮކްސް ތަކެއްގެ ފޮޓޯތައް ވަނީ ދައުރުވާން ފަށާފައިވަނިކޮށް އެ ބޮކްސްތައް ކައިރި ގެއެއްގެ ތެރޭގައި ސާރާ އިށީންދެ އިދެ ނަގާފައިވާ ފޮޓޯއެއް ސާރާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެ ފޮޓޯގެ ކެޕްޝަންގައި ސަރާ ލިޔެފައިވަނީ "ހިއާ އިޒް ޓު ނިއު ބިގިނިން" އެވެ.
ސާރާ ވަނީ އެނާގެ ބައްޕަ ސައިފް އަލީ ޚާން އާއި އެކު "ކޮފީ ވިތް ކަރަން" ޝޯގައި ބައިވެރި ވެފައެވެ. އެޝޯގައި ވާހަކަ ދައްކަމުން ސާރާ ބުނެފައިވަނީ އޭނާއަށް ހިތް ލިބިފައިވަނީ މަންމަގެ ފަރާތުން ކަމަށާއި ވިސްނުން ލިބިފައިވަނީ ބައްޕަގެ ފަރާތުންކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ސާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އިމްތިއާޒް އަލީގެ ދެން އަންނަން އޮތް ފިލްމުންނެވެ.
"ބޮމްބޭ ޓައިމްސް" އަށް ދިން އިންޓަވިއުގައި އޭނާގެ މަންމަ ކުޅެފައިވާ ރޯލް ތަކުގެ ތެރެއިން އެންމެ ކުޅެން ބޭނުންވަނީ ކޮން ދެ ރޯލެއްތޮ ސުވާލުކުރުމުން ސާރާ ބުނެފައިވަނީ "ބޭތާބް އަދި "އައިނާ" ގެ ކެރެކްޓަރ ކަމަށެވެ.