Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2017 | ބުރާސްފަތި 22:04
އިލެކްޝަންސް ކޮމިޝަން: ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އިތުރުކޮށްފައި
އިލެކްޝަންސް ކޮމިޝަން: ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އިތުރުކޮށްފައި
ގޫގުލް
ލޯކަލް ކައުންސިލް އިންތިޚާބު
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
28 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު  އިލެކްޝަންސް ކޮމިޝަނުން އިތުރު ކޮށްފިއެވެ.

މިހާރު އިތުރު ކުރި މުއްދަތުގެ ސަބަބުން 28 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އެ ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަށް ނިންމީ މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން އިންތިހާބުތަކާއި ބެހޭ ގާނޫނަށް ގެނައި ބަދަލާއި ގުޅިގެންނެވެ.

އެގޮތުން މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އިންތިހާބާ ބެހޭ ގާނޫނަށް ގެނައި ބަދަލާއި ގުޅިގެން ޝަރުތުހަމަވާ ނަމަވެސް ކުރިން ޝަރުތު ހަމަނުވާކަމަށް ނިންމާފައިވާ ފަރާތްތަކަށް ފޯމް ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

އަދި މުއްދަތު އިތުރުކުރިނަމަވެސް ކުރިން ފޯމް ހުށައަޅާފައިވާ ކެނޑިޑޭޓުން އަލުން ފޯމް ހުށައަޅަން ނުޖެހޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަނަސް އިން ފޯމް ބަލައިގަންނަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8 ފެށިގެން ހަވީރު 3ކަށެވެ. އަދި ނުރަސްމީ ދުވަސްތަކުގައި ހެނދުނު 9ކުން ހަވީރު 3ކަށެވެ. މީގެ އިތުރަށް ހުކުރު ދުވަހު މެންދުރުފަހު 3 ފެށިގެން 5 ޖަހަންދެންވެސް ބާޖަމާލުއްދީނުން ފޯމް ބަލައިގަންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވާއިރު، ކައުންސިލް އިންތިހާބު މިނިވަންވާނެކަމާއިމެދު އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލް އުފައްދަމުންނެވެ. އެފަރާތްތަކުން ބުނީ ކޮމިޝަނުން ސަރުކާރާއި ގުޅިގެން އިންތިހާބީ ނިޒާމު ހަރާބުކޮށްފައިވާކަމަށެވެ.

ޕީޕީއެމްއިން ކޯޓަށް ހުށައެޅި މައްސަލައަކާއި ގުޅިގެން އިންތިހާބު ފަސްކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު ބާއްވާ ތާރީހަށް ބަދަލް އައި ނަމަވެސް އިންތިހާބަށް އެއްވެސް ނުފޫޒެއް ނެތްކަމަށާ އިންތިހާބު މިނިވަންވާނެކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް