ކ. މާލެ
|
13 ފެބްރުއަރީ 2019 | ބުދަ 16:28
ބާރަތުގެ މެއިން ކަރެކްޓަރ އިން ފެނިގެންދާ ސަލްމާނާއި ކެޓްރީނާ
ބާރަތުގެ މެއިން ކަރެކްޓަރ އިން ފެނިގެންދާ ސަލްމާނާއި ކެޓްރީނާ
ހިންދުސްތާނީ ޓައިމްސް
ބާރަތު
ސަލްމާނާއި ކެޓްރީނާގެ ''ބާރަތު'' ރިލީޒް ކުރަނީ އެކި ބަސްބަހުން؟
މި ފިލްމަކީ ސައުތު ކޮރެއާ ފިލްމް ''އޯޑް ޓު މައި ފަރދާ' އަސްލަކަށް ބަލައިގެން ހަދާ ފިލްމެއް

އަންނަ ކުޑަ އީދަށް ރިލީޒްކުރަން ތައްޔާރުވަމުންދާ ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ "ބާރަތު" އަށް އިންތިޒާރު ކުރާ މީހުން މަދެއް ނޫނެވެ. އެފިލްމު އިއުލާން ކުރީއްސުރެ ފިލްމަށް ކުރެވޭ އުއްމީދު ބޮޑެވެ. 

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މިފިލްމާ ބެހޭ ގޮތުން އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "ބާރަތު" އަންނަ ކުޑަ އީދުގައި ސިނަމާތަކަށް ގެންނާނީ ހިންދީ ބަހުންނާއި އެހެނިހެން ބަސްބަހުން ކަމަށެވެ. 

އިންޑިއާގެ ނޫހެއް ކަމަށްވާ މުމްބާއީ މިރަރގައި ބުނެފައި ވަނީ "ބާރަތު" ރިލީޒް ކުރާނީ ހިންދީ ބަހުންނާއި ތެލުގޫ، ޓަމިލް އަދި މަލަޔާލަމް ބަހުން ކަމަށެވެ. 

މިއީ ތެދެއްކަމުގައި ވާނަމަ ފިލްމަށް އިންތިޒާރުކުރާ މީހުންނަށް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ. މިފިލްމު އިންޑިއާގެ އެކި ސިނަމާތަކުގައި އަޅުވާއިރު ގައުމުން ބޭރުގެ އެހެން ސިނަމާތަކުގައި ވެސް އެޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. 

ފިލްމުގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު މި ފިލްމާ ގުޅޭ ގޮތުން ބުނެފައި ވަނީ މި ފިލްމަކީ 70 އިގެ އަހަރުތަކުގައި ހިނގާފައިވާ ކަންތައްތަކާއި މިހާރުގެ ކަންތައްތައް ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ. "ބާރަތު" އަކީ 2014 ގައި ނުކުތް ސައުތު ކޮރެއާ ފިލްމް "އޯޑް ޓު މައި ފަރދާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ކޮރެއާ ފިލްމުގައި ކޮރެއާގެ ތާރީޚާއި މަންޒަރުތައް ދައްކުވައިދެއެވެ. އެހެންކަމުން  "ބާރަތު" ގައި އޭގެ ބަދަލުގައި ހިމަނާފައި ވަނީ އިންޑިޔާގެ ފަހުގެ ތާރީހްގެ ކަންތައްތަކެއް ކަމަށް ބެލެވެއެވެ.

މި ފިލްމަކީ ސަލްމާންގެ ޅިޔަނު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ސަލްމާން އާއި ކެޓްރީނާގެ އިތުރުން މި ފިލްމުގައި ސުނިލް ގްރޯވާ، ދިޝާ ޕަޓާނީ، ނޯރާ ފެތޭހީ އަދި ތައްބޫ ފެނިގެންދާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް