Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2017 | ބުރާސްފަތި 19:50
ރައީސް ނަޝީދު ތަގުރީރުކުރެއްވުން
ރައީސް ނަޝީދު ތަގުރީރުކުރެއްވުން
ރާއްޖެއެމްވީ
ރައީސް ނަޝީދު ތަގުރީރުކުރެއްވު
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
ތަގްރީރުކުރެއްވީ ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފިއެވެ.

ރައީސް ނަޝީދު ތަގުރީރު ކުރައްވާފައި ވަނީ ފެބުރުއަރީ 15 ވަނަ ދުވަހުއެވެ.

މި ކޮންފަރެންސް އިންތިޒާމްކޮށްފައިވަނީ ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގެ ފަރާތުންނެވެ.

ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވާފައިވަނީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އަސަރު ދިވެހިރާއްޖެއަށް ކުރަމުން އަންނަ މިންވަރާ ގުޅޭ ގޮތުންނެވެ.

މީގެ އިތުރުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ހައްލުކުރުމަށް ދިމާވާ ގޮންޖެހުންތަކާއި ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މިމައްސަލަ ހައްލުކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސް ނަޝީދު އަލިއަޅުވައިލެއްވިއެވެ. އަދި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި ހެޔޮވެރިކަމުގެ ނިޒާމެއް އޮތުމުގެ މުހިއްކަމާ މެދު ވެސް އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

ދުނިޔާގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ބޭއްވި މި ކޮންފަރެންސް އިފްތިތާހުކޮށްދެއްވާފައި ވަނީ ވެސް ރައީސް ނަޝީދެވެ.

މީގެ އިތުރުން މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖެނީވާ ސަމިޓް 2017 ގައި ވެސް، 13 އަހަރު ޖަލު ހުކުމެއްގައި ހުންނެވި ރައީސް ނަޝީދު ބައިވެރިވަޑައިގަންނަވާނެއެވެ. އެ ސަމިޓުގައި ކަރޭޖަސް އެވޯޑެއް ރައީސް ނަޝީދަށް ޖެނީވާ ސަމިޓުން ދިނުމަށް ވަނީ ނިންމާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް