Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2017 | ބުރާސްފަތި 19:09
މީގެކުރިން ކަނޑުމަތީ ހިނގާފައިވާ ހާދިސާއެއް، ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްކަމަށް ކަމާބެހޭ އިދާރާތަކުން ބުނޭ--
މީގެކުރިން ކަނޑުމަތީ ހިނގާފައިވާ ހާދިސާއެއް، ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްކަމަށް ކަމާބެހޭ އިދާރާތަކުން ބުނޭ--
ރާއްޖެ އެމްވީ
އެމްއެންޑީއެފްގެ އިލްތިމާސް
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
ރާއްޖޭގެ މޫސުން ގޯސް، ވެތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ގިނަ ހާދިސާތަކެއް ރިޕޯޓް ކޮށްފައިވޭ
ކޮންމެހެން ކުރަންޖެހޭ ދަތުރެއްފިޔަވާ އިތުރު ދަތުރުތައް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ
މޫސުން އެންމެ ގޯސްކޮށް އުޅެނީ މެދުރާއްޖެތެރެއަށް

މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް، އަދި ކަނޑުގަދަ ދުވަސް ވަރަކަށް ވާތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ.

މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ވެސް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްފަހު ދަތުރުތައް ކުރެއްވުމަށް އިލްތިމާސް ކުރާ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. 

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ތަފާތު ގިނަ ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، ދަތުރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރުނުކުރެއްވުމާއި، ރަނގަޅަށް ލައިސަން ލާފައި ބެހެއްޓުމަށް އެމްއެންޑީއެފުން ބުނެއެވެ.

ޑައިވިން ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވައި ހިންގާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން، އެފަދަ ކުޅިވަރުތައް ރާވާ ހިންގެވުމަށް އިލްތިމާސްކުރާ ކަމަށާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް ދަންނަވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް