ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 21:10
410ޕްލަސް ގެ ޕޯސްޓަރު
410ޕްލަސް ގެ ޕޯސްޓަރު
ރާއްޖެއެމްވީ
ދިވެހި ފިލްމު އިންޑަސްޓްރީ
40 ޕްލަސްގެ ޓިކެޓް ވިއްކަން ފަށައިފި
ޓިކެޓްގެ އަގަކީ 100 ރުފިޔާ

ކޮމެޑީ ފިލްމު، ނޯޓީ ފޯޓީގެ ސީކުއެލް، 40 ޕްލަސްގެ ޓިކެޓް އޮލިމްޕަހުގައި ވިއްކަން ފަށައިފި އެވެ.

މާޗް މަހުގެ 5 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލުމްގެ ޓިކެޓް ވިއްކަން ފަށާފައިވަނީ އަންގާރަ ދުވަހުއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފިލްމްގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ ފިލްމްގެ ޓިކެޓް ވިއްކުން ކުރިއަށް ދާނީ ކޮންމެ ދުވަހަކު މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ކަމަށެވެ. ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ.

މި ފިލްމްގެ 20 ޝޯއެއް އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ކަމަށާއި ހުޅުމާލެ ޝްވެކް ސިނަމާ އާއި އަތޮޅު ތެރޭގައި ވެސް މި ފިލުމް އެޅުމަވުމަށް ވާހަކަ ދެކެވެމުންދާ ކަމަށް ޝަފީގު ބުންޏެވެ. އެގޮތުން މިހާރު ހދ. ކުޅުދުއްފުށީގައި އަންނަ މާރޗް މަހުގެ 17 ގައި ފިލްމް އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޝަފީގް ބުންޏެވެ.

 ފިލްމްގެ ޓިކެޓް ބުކްކުރަން ބޭނުން ފަރާތްތަކުން ފޯޓީ ޕްލަސްގެ ހޮޓް ލައިން ނަމްބަރު 7384040 އަށް ގުޅުމުން ޓިކެޓް ބުންކުރެވޭނެ ކަމަށް ޝަފީގް ބުންޏެވެ.

ކުރިން މި ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ މި ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް އެންސީއޭގެ އިވެންޓަކަށް މި މަހުގެ 27 އަދި 28 ވަނަ ދުވަހު އޮލިމްޕަސް ބޭނުންވާތީ، އެ ފަރާތުން އެގޮތަށް އެދުމުން ފިލްމް އެޅުވުން ފަސް ކުރީ ކަމަށް ޝަފީގް ވަނީ ބުނެފައެވެ.

ތަޖުރިބާކާރު އެކްޓަރ އަދި ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ އޯޑިއެންސަށް ކަމުދާނެ، އޯޑިއެންސް ހެއްވާލާނެ ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ގިނަ އަދަދެއްގެ ފަންނާނުން ހިމަނައިގެން އުފައްދާފައިވާ މި ފިލްމުގެ މައި ރޯލުތަކުން ފެނިގެންދާނީ އަލީ ސީޒަން، މުޙައްމަދު މަނިކު، ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަޙުމަދު އީސާ، މައިޝާ އަޙުމަދު ސައީދު، ޝީލާ ނަޖީބް، މުޙައްމަދު ފައިޞަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ)، އަދި ފާޠިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން މި ފިލްމުން ދާއިރާއަށް މުޅިން އަލަށް ގިނަ ފަންނާނުންތަކެއް ތައާރަފު ކުރާނެއެވެ.

- ކޮމެންޓް