Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2017 | ބުރާސްފަތި 18:34
ޕީޕީއެމުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސާފައިވާ "ހޭވައްލާ" ޖަލްސާއަށް ދާ މީހުން ހިފެހެއްޓުމަށް ދާ ޖަހާފައި.
ޕީޕީއެމުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސާފައިވާ "ހޭވައްލާ" ޖަލްސާއަށް ދާ މީހުން ހިފެހެއްޓުމަށް ދާ ޖަހާފައި.
ރާއްޖެ އެމްވީ
ޕީޕީއެމް ޖަލްސާ
ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި
މީގެ ކުރިން ސަރުކާރުން ބޭއްވި ހަބޭސް ޖަލްސާ އަށް ދިޔަ ބައެއް މީހުން ހާޒިރީ ޗެކްކުރުމަށް ފަހު ވަނީ ޖަލްސާ ދޫކޮށް ގޮސްފައި

އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ކާނިވާ ސަރަހައްދުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާ އަށް ދާ މީހުން ހާޒިރީ މާކްކުރުމަށް ފަހު ޖަލްސާ ދޫކޮށް ހިނގައިދާނެތީ މީހުން ހިފެހެއްޓުމަށް މުޅި ސަރަހައްދުގައި ވަށައިގެން ދާ ޖަހައިފިއެވެ.

 

ޕީޕީއެމުން ބުނެފައި ވަނީ "ހޭވައްލާ"ގެ ނަމުގައި ބާއްވާ މި ޖަލްސާއަކީ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ތަޢާރަފްކޮށް އަދި ޕާޓީގެ ޓިކެޓް ރަސްމީކޮށް ހަވާލު ކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ. ޕީޕީއެމްގެ ޓިކެޓްގައި 500 އަށް ވުރެ ގިނަ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރާނެ ކަމަށް އެޕާޓީން ބުނެފައި ވެއެވެ.

ކާނިވާ ސަރަހައްދުގައި ދާޖަހާފައި
Caption

އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ބައިވެރިވަޑައިގަންނަވާ މި ޖަލްސާ އަށް މީހުން ގެންދިޔުމަށް މީގެ ކުރިން ވެސް ޖަލްސާތަކުގައި އަމަލުކުރި ގޮތަށް ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ ހާޒިރީ ބެލުން އޮންނާނެ ކަމަށް ވެއެވެ. މީގެ ކުރިން ސަރުކާރުން ބޭއްވި "ހަބޭސް" ޖަލްސާ އަށް މިގޮތަށް މަޖުބޫރުކޮށްގެން މީހުން ގެންދިޔުމުން ހާޒިރީ މާކް ކުރުމަށް ފަހު ޖަލްސާ ފެށުމުން ގިނަ ބަޔަކު ވަނީ ޖަލްސާ ދޫކޮށް ގޮސްފައެވެ. އެހެން ކަމުން މިފަހަރު ޖަލްސާ އަށް ދާ މީހުން ޖަލްސާ ނިމެންދެން ހިފެހެއްޓުމަށްޓަކައި މުޅި ސަރަހައްދުގައި ވަނީ ދާޖަހާފައެވެ.

 

މި ޖަލްސާ އަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމްގެ މުސްތަޝާރު ޔާމީންގެ ފެކްޝަނުން ވަނީ މެންބަރުން އިތުރުކުރުމުގެ ކެމްޕެއިނެއް ވެސް ފަށާފައެވެ. އެ ގޮތުން ވަޒީރުންނާއި އޮފީސްތަކުގެ އިސްވެރިން މަގުތަކަށް ނެރެގެން މިދިޔަ ހަފުތާގައި ހިންގި ހަރަކާތެއްގައި 11،000 މީހުން އަލަށް ޕާޓީއާ ގުޅުނު ކަމަށް އެ ފެކްޝަނުން ބުނެފައި ވެއެވެ. އަދި ޕީޕީއެމަށް މެންބަރުން އިތުރުކުރުމަށް ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގައި މުވައްޒަފުންނަށް މަޖުބޫރުކުރުވާ ކަމަށް ބައެއް މުވައްޒަފުން ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް
16 ފެބްރުއަރީ 2017 | ބުރާސްފަތި 15:37
ކޮސް
މިފަހރު ތިއޮތީ ޖަލްސާ އަށް ދާމީހުން ހިފަހަޢްޓާނެ ގޮތެއް ހަދާފަ،ދެން ފަހަރަކު ބިޑިއަޅުވައިގެން ޖަލްސާ އަށް ގެންދާނީ
16 ފެބްރުއަރީ 2017 | ބުރާސްފަތި 15:32
ކޮސް
ތިވާނީ ތާވަޅު ހިފަން އުޅެނީކަމަށް
16 ފެބްރުއަރީ 2017 | ބުރާސްފަތި 15:32
ކޮސް
ތިވާނީތާޅުހިފަން އުޅެނީކަމަށް