ކ. މާލެ
|
11 ފެބްރުއަރީ 2019 | ހޯމަ 08:08
ދަގަނޑޭ އާއި އުމެއިރު ގްރީންއަށް ސޮއިކުރުން
ދަގަނޑޭ އާއި އުމެއިރު ގްރީންއަށް ސޮއިކުރުން
ރާއްޖެއެމްވީ
ޓްރާންސްފާ މާކެޓް
ދަގަނޑޭ އާއި އުމެއިރު ގްރީންއަށް ސޮއިކޮށްފި
އުމެއިރު އާއި ދަގަނޑޭ ވަނީ ކުރިން ތިން ކްލަބަކަށް އެއްކޮށް ކުޅެފައި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަދި އިތުބާރު މިޑްފިލްޑަރު މުހައްމަދު އުމެއިރު ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފިއެވެ.

ދަގަނޑޭ އާއި އުމެއިރު ގްރީންއަށް ސޮއިކުރީ ދަ ކިޗަންގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ.

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ދަގަނޑޭ އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު އުމެއިރު އެކުގައި މީގެކުރިންވެސް ވަނީ ކްލަބްތަކަށް ކުޅެފައިވާއިރު، ގްރީން ވެގެންދާނީ މި ދެ ކުޅުންތެރިން އެއްކޮށް ކުޅޭ ހަތަރުވަނަ ކްލަބަށެވެ.

މީގެއިތުރުން މިއީ ދަގަނޑޭގެ ކެރިޔަރުގައި އޭނާ ކުޅޭ ރާއްޖޭގެ ހަވަނަ ކްލަބެވެ. ވެލެންސިއާ އިން 2001 ގައި ކެރިއަރު ފަށައި ދަގަނޑޭ ވަނީ ޓީސީގެ އިތުރުން ނިއު ރޭޑިއަންޓް، ވީބީ އައްޑޫ އެފްސީ އަދި މާޒިޔާ އަށް ވެސް ކުޅެފަ އެވެ.

ދަގަނޑޭ ވަނީ ރާއްޖޭގެ ކްލަބްތަކުގެ އިތުރުން މީގެކުރިން ބޭރުގެ ދެ ކްލަބަކަށްވެސް ކުޅެފައެވެ. އެއީ ބުރުނާއީގެ ޑީޕީއެމްއެމް އެފްސީ އަދި މެލޭޝިއާގެ ޕީޑީއާރްއެމްއެެ.

އުމެއިރު އޭނާގެ ކެރިޔަރު ވިކްޓްރީން ޑިފެންޑަރެއްގެ ގޮތުގައި ފަށާފައިވާއިރު، އޭނާ ވަނީ މާޒިޔާއަށްވެސް ކުޅެފައެވެ. އަދި ގްރީންގެ ކޯޗު އަލީ ސުޒެއިންއާއެކު އޭނާ ވަނީ މާޒިޔާގައި ކާމިޔާބީތައްވެސް ހޯދާފައެވެ.

ދަގަނޑޭ އާއި އުމެއިރު ގްރީންއަށް ސޮއިކޮށްފައިވާއިރު، އެ ކްލަބުގެ ކީޕަރު އިބްރާހިމް ލަބާން ޝަރީފް ވަނީ އެއްބަސްވުން އާކޮށްފައެވެ.

ރާއްޖޭގެ ފުޓުބޯޅަ ސީޒަން ޖޫން މަހު ފަށާއިރު، ބައެއް ކްލަބްތަކުން އަންނަނީ ޓްރާންސްފާގެ ކަންތައް ނިންމަނުންނެވެ.

- ކޮމެންޓް