މިދިޔަ އަހަރު ބޮލީވުޑަށް ތަޢާރަފްވި ސާރާ އަލީ ޚާން ދެން ފެނިގެންދާނެ ފިލްމަކާއި ގުޅޭގޮތުން މިދުވަސްވަރު ބޮލީވުޑްގައި ދަނީ ވާހަކަ ދެކެވެމުންނެވެ.
"ކެދަރްނާތު" އިން ބޮލީވުޑަށް ތަޢާރަފް ވެގެންދިޔަ ސަރާ ދެވަނައަށް ކުޅެފައިވާ ފިލްމަކީ "ސިމްބާ" އެވެ. މި ދެފިލްމްވެސް ވެގެން ގޮސްފައިވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ދެ ފިލްމަށެވެ.
އެހެންކަމުން ގިނަ ބަޔަކު ދަނީ ސާރާގެ ދެން އަންނަން އޮތް ފިލްމަކަށް އިންތިޒާރު ކުރަމުންނެވެ. ކޮންމެއަކަސް ސަރާވެސް އޭނާ ދެންކުޅޭ ފިލްމަކީ ބެލުންތެރިން ބަލައިގަންނާނެ ފިލްމަކަށް ވުމަށް ވަރަށް ބޮޑަށް ސަމާލުވާނެއެވެ.
މީގެ ކުރިން ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސާރާ ވަނީ ޓައިގާ ޝްރޯފްގެ ފިލްމް "ބާގީ3" އަށް ނޫނެކޭ ބުނެފައެވެ.
ނަމަވެސް މި އެކްޝަން ފްރެންޗައިސްގެ ސްޕޯކްސްޕާސަން ބުނެފައިވަނީ ސާރާއަށް އެ ފިލްމް ކުޅުމަށް ހުށަހަޅާފައިވެސް ނުވާނެ ކަމަށެވެ. ފިލްމް އުފައްދާ ފަރާތްތަކުން ފިލްމްގެ ސްކްރިޕްޓް ފައިނަލް ކުރުމުގެ މަސައްކަތްތައް އަދިވެސް ކުރަމުންދާ ކަމަށެވެ.
ފިލްމްގެ ޑައިރެކްޓަރ އަހުމަދު ޚާން އާއި ސާރާ އާއި ދިމާވެފައި ވަނީވެސް އޭނާގެ ފުރަތަމަ "ކެދަރްނާތް" ރިލީޒް ވުމުގެ ކުރިން ކަމަށާއި އަދި އޭރު އެ ފިލްމް ހެދުމުގެ މަސައްކަތް ނުފަށާކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ސާރާއަށް އެ ރޯލް ހުށަހަޅާފައި ނުވާނެ ކަމަށް އެނާ ވަނީ ބުނެފައެވެ.
ސްޕޯކްސްޕާރސަން ބުނެފައިވަނީ "ބާގީ" އަދި "ބާގީ2" ގެ ލީޑް އެކްޓްރެސް އިން ކަމަށްވާ ދިޝާ ޕަޓާނީ ނުވަތަ ޝްރައްދާ ކަޕޫރު އެ ރޯލަށް ހަމަޖެއްސުމަށް ވިސްނަމުންދާ ކަމަށެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން އެރޯލަށް ހަމަޖައްސާނީ ޝްރައްދާ ކަޕޫރެވެ.
ސާރާ ދެން ފެނިގެންދާނީ ކާތިކް އާރްޔަން އާއި އެކު އިމްތިއާޒް އަލީ ޑައިރެކްޓް ކުރާ ފިލްމް "ލަވް އާޖްކަލް" އިން ކަމަށްވެސް ވަނީ އަޑުފެތުރެން ފަށާފައެވެ.