ކ. މާލެ
|
16 ފެބްރުއަރީ 2017 | ބުރާސްފަތި 00:07
ލަންކާގައި އެންމެ ފަހުން ބޭއްވި އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމުގެ ތެރެއިން
ލަންކާގައި އެންމެ ފަހުން ބޭއްވި އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
އިދިކޮޅު އިއްތިހާދު
އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް
ރައީސް ޔާމީންގެ ވެރިކަން ވަނީ ބަލިކަށިވެފައި
ވެރިކަން ބަދަލުކުރުމުގެ މަސައްކަތަކީ ޗެއާޕާސަން އިސްވެ ކުރަންޖެހޭ މަސައްކަތެއް ނޫން
ސިޔާސީ ނިންމުންތަށް ނިންމާނީ ރައީސް ނަޝީދު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން މިއަދު ބަލިކަށި ވެފައި ވަނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން (އެމްއޯޔޫ) ކުރި މަސައްކަތުން ކަމަށް އެމްޑީޕީގެ ޗެއާޕާޝަންގެ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ މައުލޫމާތު ދެމުން ހަސަން ވިދާޅުވީ އެމްޑީޕީ އެންމެ ބޮޑު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ އިދިކޮޅު އިއްތިހާދާއެކު ކުރެވުނު މަސައްކަތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން، ދުވަހަކު ވެސް ބަލިކަށި ނުވާ މިންވަރަށް މިހާރު ބަލިކަށިވެފައިވާ ކަމަށެވެ. ރައީސް ޔާމީން މި ވަގުތު ގިނިކަންޔާ ހުންނަންޖެހި ވަޑައިގެންނެވީ، އެމަނިކުފާންގެ އަރިހުގައި މަސައްކަތް ކުރެއްވި ފަރާތަށް އިދިކޮޅު އިއްތިހާދާ އެކު މަސައްކަތް ކުރަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ވަރަށް ބަލިކަށި، އެ މަސައްކަތް ކުރެވިފައި އެ ވަނީ އެމްޑީޕީ އެންމެ ބޮޑު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ، އެހެންވީމާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އެބަޖެހޭ ދަމަހައްޓަން" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނީ އިމުގެ ތެރެއިން ބަދަލުކުރުމުގެ މަސައްކަތަކީ ޗެއާޕާސަން އިސްވެ ކުރަންޖެހޭ މަސައްކަތެއް ނޫން ކަމަށާއި އެފަދަ ސިޔާސީ ނިންމުންތަށް ނިންމާނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސީދާ ބެލުމުގެ ދަށުން ކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތް ކުރުމަށް ޕާޓީގެ ހަރަކާތައް އިތުރުކޮށް ފައްކާ ކުރުމަކީ އޭނާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ހަސަން ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެ އިސްކަންކަން ކުރުމަކީ ވަރަށް ސިޔާސީ ކަންކަމުގެ ވާހަކަ، އެއަކީ ހަގީގަތުގައި ޗެއާޕާސަން އިސްކޮށް ހުރެގެން ކުރަންޖެހޭ ކަމެއް ނޫން ، ކުރާނެ ކަމެއް ނޫން" ހަސަން ވިދާޅުވިއެވެ.

ޕާޓީގެ ރައީސް ނިންމަވާ ސިޔާސީ ނިންމެވުންތައް ތަންފީޒު ކުރުމުގެ މަސައްކަތް ކު

އިދިކޮޅު އިއްތިހާދުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ 2010 ވަނަ އަހަރު ޖޫން މަހުގެ އެއްވަނަ ދުވަހުގައެވެ. އިއްތިހާދުގައި ހިމެނޭ ދެ ޕާޓީ ކަމަށްވާ އަދާލަތު ޕާޓީ އާއި އެމްޑީޕީ އާއި ގުޅިގެން ވަނީ ގިނަ މަސައްކަތަކެއް ކޮށްފައެވެ. އެހެންނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަދާލަތު ޕާޓީން ވާދަނުކުރަން ނިންމުމުން ކައުންސިލް އިންތިހާބުގައި މިހާރު ވާދަކުރަނީ އިދިކޮޅު އިއްތިހާދުގެ ފަރާތަކުން ނޫނެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކޮށް އިންސާފްވެރި އިންތިހާބެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ އިއްތިހާދުގެ އިސް ލީޑަރަކީ ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލެއެވެ.

- ކޮމެންޓް