Advertisement
ކ. މާލެ
|
31 ޖުލައި 2024 | ބުދަ 15:21
ޕީއެސްއެމްގެ ކުރީގެ އެމްޑީ އިންނަވަން ހެދި ބިއުރޯގެ މަސައްކަތުގެ ފައިސާ އަދިވެސް މަސައްކަތްކުރި ފަރާތަށް ނުދޭ
ޕީއެސްއެމްގެ ކުރީގެ އެމްޑީ އިންނަވަން ހެދި ބިއުރޯގެ މަސައްކަތުގެ ފައިސާ އަދިވެސް މަސައްކަތްކުރި ފަރާތަށް ނުދޭ
ރާއްޖެއެމްވީ
ޕީއެސްއެމްގެ މަސައްކަތަށް ފައިސާ ނުދިނުން
ހަލީލު އިންނަވަން ހެދި ބިއުރޯގެ މަސައްކަތުގެ ފައިސާ ނުލިބިގެން މަސައްކަތް ކުރި ފަރާތުން ހައްގު ހޯދަން މަގުމައްޗަށް ނުކުމެއްޖެ
އެމްޑީ ބިއުރޯ ހެދި ކުންފުންޏަށް ދައްކަންޖެހޭ 4 މިލިއަން ރުފިޔާ އަދިވެސް ނުދައްކާ
ސިވިލް ކޯޓުގައި ޕީއެސްއެމްއިން އެކަމަށް އެއްބަސްވެފައިވެސްވޭ
ފައިސާ ހޯދަން ދިއުމުން ޕީއެސްއެމްގެ ވެރިން ފިލަނީ

2018 ވަނަ އަހަރުގެ އެއިރުގެ ދައުލަތުގެ މީޑިއާ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ހަލީލު އިންނަވަން ހެދި ބިއުރޯގެ މަސައްކަތުގެ ފައިސާ ނުލިބިގެން އެ މަސައްކަތް ކުރި ކުންފުނިން މަގުމައްޗަށް ނުކުމެއްޖެއެވެ.

އާރޓިސަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ފައިސާ ހޯދަން ނުކުމެ ޕަބްލިކް ސަރވިސް މީޑިއާ ކުރިމަތީގައި އަޑު އުފުލާފައިވަނީ އަހުމަދު ރަޝީދުއެވެ. 6 އަހަރު ދުވަސްވެގެން ދިޔަ އިރު ފައިސާ ނުލިބުނު މައްސަލައިގައި އަހުމަދު ރަޝީދު ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގެ ފަހުކޮޅުގައި އެމްޑީ އިންނަވަން ހެއްދެވި އޮފީހުގެ މަސައްކަތަށް ހިނގި ހަރަދުގެ ފައިސާ އަދިވެސް ނުލިބޭ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރުވެސް ފައިސާއެއް ނުލިބުނު ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރާއި މަޝްވަރާކޮށްގެން އެ ފައިސާ ލިބޭތޯ ބަލާފައި ފައިސާ ނުލިބުނީމާ ސިވިލް ކޯޓައް މައްސަލަ ހުށަހެޅި ކަމަށެވެ.

Advertisement

އަދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީމަ ޕީއެސްއެމްއިން ފޮނުވި ޖަވާބުގައި ބުނެފައިވަނީ އެތަނުގައި އެފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ކުރަނީ ދޮގު ދައުވާއެއް ކަމަށާއި، ދުނިޔޭގައި ނެތްކަމެއްގެ ވާހަކަ ދައްކަމުންދާ ކަމަށް ރަޝީދު ބުންޏެވެ.

އަޅުގަނޑު ހުށަހެޅިން 700ށް ވުރެ ގިނަ ބިލު، މިތަނަށް ގަނެފައި ހުރި ބިލު. 250 ފޮޓޯ. 13 ހެކިން. ހުށަހެޅީމާ ފުރަތަމަ ދެ ހެކިންގެ ހެކިބަސް ނެގީމަ ތެދުވެފައި ބުނަނީ މިހާރު ތިމަންނަމެން ގަބޫލުކޮށްފީމޭ އާރޓިސަންއިން ކޮށްފައިވާ މަސައްކަތެއް ކަމަށް. ދެން ގާޒީ އެ ދުވަހުގެ އަޑުއެހުމުގައި ވިދާޅުވީ އެގޮތަށް ބަޔާންކޮށް ލިޔެފައި ސިޓީއެއް ހުށަހަޅާށޭ. އެހެން ވިދާޅުވީމާ ޕީއެސްއެމްއިން ސިޓީއެއް ހުށަހެޅި. އެ ސިޓިއަށް ބައްލަވާފައި ގާޒީ ހުކުމް ކުރެއްވީ.
އަހުމަދު ރަޝީދު

އޭނާ ވިދާޅުވީ ހުކުމް ކުރުމުން އެ ހުކުމް އިސްތިއުނާފުކުރުމަށް ޕީއެސްއެމްއިން ހުށަހެޅީ ކަމަށާއި، އިސްތިއުނާފުގައި އޮންނަތާ 2 އަހަރު ދުވަސްވިފަހުން ސިވިލް ކޯޓުން ތަންފީޒުކުރުމަށް އަމުރެއް ނެރުމުން ޕީއެސްއެމްއިން އެދިގެން ހައިކޯޓުން އަމުރެއް ނެރެފައިވާ ކަމަށެވެ.

ހައިކޯޓުން ނެރުނު އަމުރުގައި އިންނަނީ ސިވިލް ކޯޓުގެ ހުކުމާއި އެއްގޮތަށް ސިވިލް ކޯޓަށް ފައިސާ ދައްކަން. އެކަމަކު އެ ފައިސާ ނުދައްކާ.
އަހުމަދު ރަޝީދު

އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު އައިފަހުންވެސް އެ ފައިސާ ލިބޭތޯ މަޝްވަރާކުރުމަށް، މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި ފައިނޭންސް ހެޑާއި ބައްދަލުކުރުމަށް އައީމަ އެބޭފުޅުން ފިއްލަވަމުންދާކަމަށެވެ. އަދި މަގުމައްޗަށް ނުކުންނަން ޖެހުނީ އެ ސަބަބަށްޓަކައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އާރޓިސަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްނިންމާފައިވާ މަސައްކަތަކެއްކަން ޕަބްލިކް ސަރވިސް މީޑިއާގެ އިއުތިރާފުން އެނގެން އޮތުމާއެކު 4،500،002.10 ރުފިޔާއާއި އާރޓިސަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޯޓަށް ހާޒިރުވާ ފަރާތަށް ވަކީލު ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން 16،695 ރުފިޔާ އެކު ޖުމްލަ 4،516،697.10 ރުފިޔާ ދެއްކުމަށް އަންގާ ކަމަށެވެ.

އަދި 29 އެޕްރީލް 2021 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށެވެ.

Advertisement

Advertisement
- ކޮމެންޓް