އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ އުމުރުފުޅުން 45 އަހަރުގެ ކިމް ޖޮންގް-ނަމް އަވަހާރަ ކޮށްލާފައިވަނީ އަންގާރަ ދުވަހު މެލޭޝިޔާގެ އެއާޕޯޓުގައި ހުންނަވަނިކޮށް ވިހަ ތިނޯސްތަކެއް އޭނާގެ ގައިކޮޅަށް ހަރާލައިގެންނެވެ.
ނަމްެގެ މަރާ ގުޅިގެން މެލޭޝިއާގެ ފުލުހުން ބުދަ ދުވަހު 20 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާއިރު، އިތުރު އަންހެނަކާއި ތުހުމަތު ކުރެވޭ ކާރު ޑްރައިވަރެއްގެ އިތުރުން 4 ފިރިހެނަކުވެސް މި ހަމަލާ ދިނުމުގައި ބައިވެރިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ވިއެޓްނާމް ޕާސްޕޯޓެއް އޮތް މި އަންހެން މީހާ ހައްޔަރު ކުރީ ސީސީޓީވީ ޕްޓޭޖްއަށް ބެލުމަށްފަހު ކުއާލަލަންޕޫރު އެއާޕޯޓް ތެރެއިންނެވެ. މި ހަމަލާގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އަނެއް މީހުން ހޯދުމުގެ މަަސައްކަތް މެލޭޝިއާގެ ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
އަވަހާރަކޮށްލާފައިވަނީ ކިމް ޖޮން ނަމް ކަން މެލޭޝިއާއިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަދި އުތުރުކޮރެއާއިންވެސް ނަމްގެ މަރާގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މިކަމުގެ ސަބަބެއް ކަމަށް ބޮޑަށް ބެލެވެނީ އޭނާ އާއްމުކޮށް ދަތުރުކުރައްވާ އުޅުއްވަނީ ކިމް ޗޮލްގެ ގެ ނަމުގައި ކަމަށް ވުމަކީ ގާތްކަމެކެވެ.
ނަމްގެ މަރާގުޅޭ ގޮތުން މާބޮޑު ތަފްސީލްތަކެއް އަދި ނެތްނަމަވެސް ދެކުނު ކޮރެއާއިން ތުހުމަތު ކުރާގޮތުގައި އޭނާ މަރާލުމުގެ ފަހަތުގައި ވަނީ ނޯތްކޮރެއާއެވެ.