Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2017 | ބުދަ 18:08
ކޮޅުވެއްޓި ފަރަށް އަރާފަ --
ކޮޅުވެއްޓި ފަރަށް އަރާފަ --
އެމްއެންޑީއެފް
އެމްއެންޑީއެފް
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
ކޮޅުވެއްޓި ފަރަށް އެރީ ރޭ ދަންވަރު
އޭގައި ތިބީ ފަސް ދިވެހިންނާއި ތިން ބިދޭސީން
އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ

ބ.އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ބ.ހިރުނދު ރިސޯޓުން ފުރައިގެން ހުޅުލެއަށް ދަތުރުކުރި "އަނގިރި- 15" ނަމަކަށްކިޔާ ކޮޅުވެއްޓި މާލެ އަތޮޅު އަކިރިފުށި ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، އަންގާރަ ދުވަހުގެ ރޭ ދަންވަރު ގާތްގަނޑަކަށް 02:00 ހާއިރު މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރައިން ވަނީ ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

އަނގިރި ޖޮއިންޓް ވެންޗާ ކުންފުނީގެ މި ކޮޅުވެއްޓި ފަރަށް އެރިއިރު އޭގައި ތިބީ ފަސް ދިވެހިންނާއި ތިން ބިދޭސީންނެވެ.

މިހާދިސާގައި ކޮޅުވެއްޓިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު، މި ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތުގައި އުޅަނދު ވެރިފަރާތަށް އެހީތެރިވުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް