ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 09:49
ރިއަލް އަދި އަލްވެސްގެ މެޗުގެ ތެރެއިން
ރިއަލް އަދި އަލްވެސްގެ މެޗުގެ ތެރެއިން
ގޯލް.ކޮމް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ރިއަލްމެޑްރިޑް އެޓްލެޓިކޯ މެޑްރިޑާއި ދެމެދު އޮތް ފަރަގު ކުޑަ ކޮށްފި!
ރިއަލް އާއި އެޓްލެޓިކޯގެ ފަރަގު ދެޕޮއިންޓަށް ކުޑަވެއްޖެ

އާދިއްތަ ދުވަހުގެރޭ ރިއަލްގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވެ ތާވަލުގެ ދެވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ރިއަލްމެޑްރިޑް އާއީ ޑިޕޯޓިވޯ އަލްވެސް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރިއާލްއެވެ.

ރީތި ކުޅުމެއް ރިއާލްގެ ފަރާތުން ފެނުން މި މެޗުގެ 30 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ސާޖިއޯ ރެގިއުލަންގެ އެހީތެރިކަމާއި އެކު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާއެވެ.

އަލްވެސްގެ ފަރާތުން އެދެވޭ ހަމަލާތަކެއް ފުރަތަމަ ހާފްގައި ފެނިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުންއިރު 1-0 ގެ ނަތީޖާ އަކުން ލީޑްގައި އޮތީ ރިއާލްއެވެ.

ދެވަނަ ހާފް ފެށިގެން ފުރަތަމަ ހާފް އެކޭ އެއްފަދައިން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ރިއަލް މެޑްރިޑުންނެވެ.

މި މެޗުގައި ރިއާލްއިން އަލްވެސްގެ ގޯލަށް ވަރުގަދަ ހަމަލާތަށް ފުލުފުލުގައި ދިނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 80 ވަނަ މިނެޓުގައި ވިނިޝަސް ޖޫނިއާ، މާކޯ އެސެންސޯގެ އެހީ ތެރިކަމާއިއެކު ދެވަނަ ގޯލް ރިއަލްއަށް ކާމިޔާބު ކޮށްދީ ލީޑް ފުޅާ ކުރިއެވެ.

މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެށް އަލްވެސްއަށް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ދިން ދެ މިނެޓު ތެރޭގައި ރިއަލްއިން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލްވެރޯ އޮޑްރިއޮޒޯލާގެ އެހީތެރިކަމާއިއެކު މާރިއޯ ޑިއާޒެވެ.

މެޗު ނިމުނުއިރު ނަތީޖާއަކީ ރިއަލްމެޑްރިޑް ތިނެއް، އަލްވެސް ސުމުކެވެ.

މި ނަތީޖާއާއި އެއްކޮށް ރިއަލްވަނީ ކުޅުނު 22 މެޗުން ލިބުނު 42 ޕޮއިންޓައެކު ތާވަލުގެ ދެ ވަނައިގައި ހަމަ ޖެހިލާފައެވެ.

މެޗުން ބަލިވި އަލްވެސް ކުޅުނު 22 މެޗުން ލިބުނު 32 ޕޮއިންޓާއިއެކު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.

ތާވަލުގެ އެއްވަނާގައި ކުޅުނު 22 މެޗުން ލިބުނު 50 ޕޮއިންޓާއިއެކު ބާސެލޯނާ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑް ކުޅުނު 22 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
4 ފެބްރުއަރީ 2019 | ހޯމަ 05:24
Commenter
Theres a typo mistake at the end of the article. Real Madrid in second place and athletico Madrid also in second place