ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 09:16
އައިމިނަތު ޝާހާ ޝާމިން ނިމިގެންދިޔަ ވޮލީބޯލް އެސޯސިއޭޝަން ކަޕުން
އައިމިނަތު ޝާހާ ޝާމިން ނިމިގެންދިޔަ ވޮލީބޯލް އެސޯސިއޭޝަން ކަޕުން
ހާފް ކޯޓް މޯލްޑިވްސް
ވޮލީބޯލް އެސޯސިއޭޝަން ކަޕް
ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
ދެވަނަ ހައްވައަކަށް ވާން ބޭނުން
އަމާޒަކީ ގައުމީ ފެންވަރެއްގައި ޓްރެއިންވެ ގައުމީ ޓީމަށް އެރުން

މުސްތަގުބަލުގައި ވާންބޭނުމީ ހައްވާ ރާޝިދާ ފަދަ މޮޅު ވޮލީބޯޅަ ކުޅުންތެރިއަކަށް ކަމަށް އައިމިނަތު ޝާހާ ޝާމިން ބުނެފިއެވެ.

ނިމިގެންދިޔަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނު 17 އަހަރުގެ ޝާހާ ބުނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވުމަކީ އަބަދު ވެސް ދެކޭ ހުވަފެނެއް ކަމަށެވެ.

ނަމޫނާއެއްގެ ގޮތުގަ ހައްވަ ސިފަ ކުރަމުން ޝާހާ ބުނީ ހައްވަ ރިޓަޔަރ ކުރުމުގެ ކުރިން ދެވަނަ ހައްވައަކަށް ވާން ބޭނުންވާ ކަމަށާއި، ހައްވައާއި އެއްޓީމަކަށް ކުޅެން ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

 

ކުޑައިރު މަންމަމެން ވޮލީ ކުޅޭތަން ފެނުމުން ވޮލީކުޅުމަށް ޝައުގުވެރިކަން އުފެދުނު މި ކުޅުންތެރިޔާ އެންމެ ފުރަތަމަ ފެނިގެން ގޮސްވަނީ މަދަރުސަތުލް އަހުމަދިއްޔާގެ އިންޓަ ސްކޫލް ވޮލީބޯޅަ ޓީމުންނެވެ.

އ.ދ ދިއްދޫއަށް އުފަން ޝާހާ އަކީ ރާއްޖައި އޮތް އެންމެ ކާމިޔާބު އެއް ވޮލީ ޓީމު ކަމަށްވާ ޕޮލިސް ޓީމަށް ކުޅޭ ކުޅުންތެރިއެކެވެ.

ޕޮލިސް ކްލަބަށް ކުޅެންފެށުނީ ނަދީމް ކޯޗާއި އައްޅޮ ސާރގެ އެދުމުގެ މަތިން ދެއަހަރުގެ އެގްރިމެންޓެއްގެ ދަށުން ކަމަށް ޝާހާ ބުންޏެވެ. ޕޮލިސް ޓީމަށް ގައުމީ ފެންވަރުގެ ދެ މުބާރާތް ކުޅެދީފައިވާ ޝާހާގެ އުންމީދަކީ ކުރިއަށް އޮތް އަހަރު ތަކުގައި ވެސް ޕޮލިސްޓީމަށް ކުޅުމެވެ.

ޝާހާ ފާހަގަ ކޮށްލެވެނީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ޒުވާން ވޮލީބޯޅަ ކުޅުންތެރިންގެ ތެރޭން ކުޅުންތެރިއެއް ގޮތުގައެވެ. ޒުވާން ޝާހާގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުތެރޭ ގައުމީ ފެންވަރެއްގައި ޓްރެއިންވެ ގައުމީ ޓީމަށް އެރުމެވެ.

ވޮލީބޯޅައިން ކުރިއަށް ދިއުމަށް އެންމެ ބޮޑު އެހީ ތެރިކަމެއް އެންމެ ފުރަތަމަ އާއިލާގެ އިތުރުން ދެން ލިބުނީ ކޯޗް ސޮއްފާން އަދި ޝުއައިބްގެ ފަރާތުން ކަމަށް ޝާހާ ފާހަގަ ކޮށްލިއެވެ.

މީގެ އިތުރުން އުންމީދީ ކުޅުންތެރިޔާ ބުނީ ޕޮލިސް ކްލަބަށް ކުޅެންފެށިފަހުން މިވަގުތު އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ޕޮލިސް ކްލަބުގެ ކޯޗާއި އަދި އޮފިޝަލުން ފަރާތުން ކަމަށެވެ.

ޝާހާގެ އެދުމަކީ ވޮލީ ކުޅޭ ހިއްވާ ކުދިން ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވެ ޓްރެއިންވެގެން މޮޅު ކުޅުންތެރިންނަށް ވުމަށް މަސައްކަތް ކުރުމެވެ.

އާ ކުދިންނަށް ވެސް ފުރުސަތު އޮތްކަމަށް ޝާހާ ގަބޫލް ކުރާ ކަމަށާއި، ކޮންމެ ކުޖަކު ވެސް މަސައްކަތް ކޮށްފިނަމަ މޮޅު ކުޅުންތެރިއަކަށް ވެވިދާނެކަމަށް ވެސް ޝާހާގެ ވާހަކާގައި ފާހަގަކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 ފެބްރުއަރީ 2019 | ހޯމަ 07:10
J
Inshaa allaah kaamiyaabuvaane hihvaraa eku masahkaih kohfeeyaa