ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 22:38
ކުޑަ އައްޔަ (ކ) އަދި ޖާއްޓެ (ވ)
ކުޑަ އައްޔަ (ކ) އަދި ޖާއްޓެ (ވ)
ފޭސްބުކް
ޓިއޯމަން ފެސްޓިވަލް 2019
ޓިއޯމަން ފެސްޓިވަލް 2019: ކުޑަ އައްޔަ އާއި ޖާއްޓެ ދިވެހިން ފަޚުރުވެރި ކޮށްދީފި
މުބާރާތުގެ އެއްވަނަ ހޯދީ އަލީ ހުޝްރުވާން (ކުޑަ އައްޔަ)
މުބާރާތުގެ ދެވަނަ ހޯދީ އަލީ ޖާވިދު (ޖާއްޓެ)

މެލޭޝިއާގައި ކުރިޔަށްދިޔަ ޓިއޯމަން ފެސްޓިވަލް 2019 ގެ ޗެމްޕިއަންކަން އަލީ ހުޝްރުވާން (ކުޑަ އައްޔަ) އަދި ރަނަރަޕްކަން އަލީ ޖާވިދު (ޖާއްޓެ) ހޯދާ ދިވެހިން ފަޚުރުވެރި ކޮށްދީފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދިއިރު، މިއީ އޭނާއަށް ދިމާވި އަނިޔާއިން ސަލާމަތްވެގެން ބައިވެރިވި ފުރަތަމަ މުބާރާތެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ކުޑަ އައްޔަ ބުނީ، މިއީ ދެ އަހަރަށްފަހު އޭނާ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރު ކަމަށާއި، ޗެމްޕިއަންކަން ލިބުމުން އެނގިގެންދިޔައީ އަދިވެސް އިތުބާރު ނުގެއްލޭކަން ކަމަށެވެ.

ކުޑަ އައްޔަ ބުނީ، މިއީ އެހެން ފަހަރުތަކާއެއްގޮތަށް ދިވެހިންނަށް ހޯދައިދެވުނު ބޮޑު ފަޚުރެއް ކަމަށާއި، ސަރަހައްދުގެ ޗެމްޕިއަނުންނަކީ އަދިވެސް ދިވެހި ރާއްޖެކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މުބާރާތުގެ ދެވަނަ ހޯދި ޖާއްޓެ ބުނީ، މުބާރާތެއްގައި ވާދަކުރާއިރު އަބަދުވެސް ބޭނުންވަނީ ފައިނަލުގައި ވާދަކުރަން ކަމަށާއި، އެ ޓާގެޓް ހާސިލްވުމުން ވަރަށް އުފާވާ ކަމަށެވެ.

ޖާއްޓެ ބުނީ، މިއީ ރާޅާއެޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދޭންވީ ވަގުތު ކަމަށާއި، މިހާރު ލިބޭ ފުރުސަތުތަކަށްވުރެ ބޮޑެތި ފުރުސަތުތައް ހޯދަން އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އެގޮތުން ޖާއްޓެ ބުނީ، މިހާރު ރާއްޖޭގެ ރާޅާއެޅުންތެރިންނަށް ވޯލްޑް ޓުއާގައިވެސް ވާދަކުރެވޭނެ ކަމަށާއި، ބޭނުންވަނީ ފުރުސަތު ކަމަށެވެ. އަދި މި ސަރަހައްދުގައި ގިނަ ވަނަތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި ހޯދިފައިވާކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އަމިއްލަ ގޮތުން ރާއްޖޭގެ ބައެއް ރާޅާއެޅުންތެރިން ވާދަކުރި މި މުބާރާތުގެ އެއްވަނަ ކުޑަ އައްޔަ އަދި ދެވަނަ ޖާއްޓެ ހޯދީ މެލޭޝިއާ އާއި ސިންގަޕޫރުގެ ރާޅާއެޅުންތެރިންނާ ވާދަކޮށްގެންނެވެ. މުބާރާތުގައި 35 ރާޅާއެޅުންތެރިން ވަނީ ވާދަކޮށްފައެވެ.

މުބާރާތުގައި ވާދަކުރި ރާޅާއެޅުންތެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.

ރާއްޖޭގެ ރާޅާއެޅުންތެރިން އަންނަނީ ސަރަހައްދީ މުބާރާތްތަކުގައި ގިނަ ވަނަތައް ހޯދާ ދިވެހިން ފަޚުރުވެރި ކޮށްދެމުންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
3 ފެބްރުއަރީ 2019 | އާދީއްތަ 18:51
މުކޮސް
1000 ރިންގިޓް އެއްވަނައަށް ލިބޭ މުބާރާތެއް. ތީކީ ޕްރޮފެޝާލް މީހުން ބައިވެރިވާ މުބާޜަތެއްނޫން