ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 11:27
ޓޮޓެންހަމް އާއި ނިއުކާސްލް މެޗުގެ ތެރެއިން
ޓޮޓެންހަމް އާއި ނިއުކާސްލް މެޗުގެ ތެރެއިން
ގޫގުލް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގް: މެންޗެސްޓާ ސިޓީ ތާވަލުގެ ތިންވަނައަށް، ޓޮޓެންހަމް ދެވަނައަށް!
މެޗު ޓޮޓެންހަމް ކާމިޔާބު ކުރީ ނިއުކާސަލްއާއި ވާދަކޮށް 1-0 ކުން
ސިޓީ ތާވަުލގެ ތިންވަނައަށް، ޓޮޓެންހަމް ދެވަނައަށް

އިންގްލިޝް ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން މޮޅުވެ، ޓޮޓެންހަމް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު ޓޮޓެންހަމް ކާމިޔާބު ކުރީ ނިއުކާސަލްއާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވަރުގަދަ ހަމަލާތަކެއް ގޯލަށް އަމާޒުކޮށް ފޮނުވާލާފައި ވީނަމަވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހި ފައެއްނުވެއެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ޓޮޓެންހަމުންނެވެ.

ދެވަނަ ހާފްގައި ޓޮޓެންހަމްގެ ކުޅުން ރަނގަޅުކޮށް، މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ އެޓީމުންނެވެ. މި ލަނޑު 83 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ  ފެނާންޑޯ ލޮރެންޓޭގެ އެހީތެރިކަމާއިއެކު ސަން ހިއުންގް މިންއެވެ.

މެޗުން ބަލިވި ނިއުކާސަލްއަށް ލަނޑުޖަހާނެ ފުރުސަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ. މާ އެދެވޭ ކުޅުމެއް ނިއުކާސަލްގެ ފަރާތުން މި މެޗުގެ ދެވަނަ ހާފްގައި ފެނިފައެއްނުވެއެވެ.

މި މެޗުން މޮޅުވެ ކުޅުން 25 މެޗުން ހޯދި 57 ޕޮއިންޓާއެކު ޓޮޓެންހަމް މިވަގުތު އޮތީ ތާވަލުގެ 2 ވަނާގައެވެ.

ނިއުކާސަލް ތާވަލުގެ 15 ވަނާގައި އޮތީ ކުޅުނު 25 މެޗުން ހޯދި 24 ޕޮއިންޓާއެކުގައެވެ. 

ތާވަލުގެ ތިންވަނާގައި ސިޓީ އޮތީ ކުޅުނު 24 މެޗުން ހޯދި 56 ޕޮއިންޓާއެކުއެވެ. އެހެން ނަމަވެސް އާދިއްތަ ދުވަހުގެރޭ އާސެނަލްއާއި ދެކޮޅަށް ނުކުންނަ މެޗުން މޮޅުވެއްޖެނަމަ ސިޓީއަށް އަދިވެސް ތާވަލުގެ ދެވަނަ އަށް އެރުމުގެ ފުރުސަތު އެބޯތެވެ.

ތާވަލްގެ އެއްވަނާގައި ކުޅުން 24 މެޗުން ލިބުނު 61 ޕޮއިންޓާއެކު އަދިވެސް އޮތީ ލިވަޕޫލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް